މަސްވެރިކަމާއި ގުޅޭ

ކޫއްޑޫ ފިޝަރީޒް
ކޫއްޑޫ ފިޝަރީޒް

އީދު ބަންދަށްފަހު ކޫއްޑޫއަށް މަސް ގަންނަން ފަށާނީ ހޮނިހިރު ދުވަހު

އީދު ބަންދަށްފަހު ކޫއްޑޫއަށް މަސް ގަންނަން ފަށާނީ ހޮނިހިރު ދުވަހު ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ބުނީ،، ފިޠުރު ޢީދު ބަންދަށް ފަހު ކޫއްޑޫއާއި ބޯޓުފަހަރަށް މަސް ގަންނަން ފަށާނީ މި މަހުގެ13 ވަނަ ދުވަހު ކަމަށެވެ. އަދި ހުކުރު ދުވަހު މެންދުރު 2:00ން ފެށިގެން ރޭގަނޑުގެ 7:00ށް މަސްވެރިންނަށް އައިސް ދޫކުރަމުން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އަހަރުގެ ފިތުރު ޢީދު ދުވަހަކީ އިއްޔެއެވެ.

ބައެއް ސަރަހައްދުގައި މަސްވެރިން ރޯދަމަހަށް އޮޑިފަހަރު ފަޅުގައި އެޅުމަށްފަހު އަޅުކަމަށް ހުސްވެ ތިބެއެވެ، އަނެއްބައި ސަރަހައްދުގައި ރޯދައިގެ ފަހު10 ދުވަހު މަސްވެރިކަން މެދުކަނޑާލުމަށްފަހު ރަށުގައި މަޑުކުރެއެވެ.

މަސްވެރިން އަލުން މަސްވެރިކަމަށް ފަށައިގަންނަނީ ރޯދަމަސް ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!