މަސްވެރިކަމާއި ގުޅޭ

ރާއްޖެއަށް ވިއްސާރަކުރުން -- ފޮޓޯ/ އަވަސް
ރާއްޖެއަށް ވިއްސާރަކުރުން -- ފޮޓޯ/ އަވަސް

މިއަދާއި މާދަމާ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ: މެޓް

މިއަދާއި މާދަމާ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މުސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓުން ބުނީ، މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން، އެހެެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު ފަސް މޭލާއި15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާ ކުރެއެވެ.

މީގެ އިތުރުން މެޓުން ބުނެފައި ވަނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ4-2 ފޫޓުގައި ކަމަށެވެ.

މެޓުން ބުނެފައި ވަނީ، މިއަދު އުތުރަށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މާދަމާ މެދުރާއްޖެތެރެއާއި ދެކުނަށް ގުގުރުމާއެކު ވިއްސާރތަ ކުރާނެ ކަމަށް މެޓުން ބުނެއެވެ. އަދި އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!