މަސްވެރިކަމާއި ގުޅޭ

viber_image_2024-04-12_13-52-02-240

ވަލެއްގައި ތާށިވެފައި އޮތް އޮލިވް ރިޑްލީއެއް ސީޒަން ޕެރެޑައިޒްއިން ސަލާމަތްކޮށްފި

ވަލެއްގައި ތާށިވެފައި އޮތް އޮލިވް ރިޑްލީއެއް 'ސީޒަން ޕެރެޑައިޒް މޯލްޑިވްސް' އިން ސަލާމަތްކޮށްފިއެވެ.

މިއަދު ސީޒަން ޕެރެޑައިޒްއިން އިންސްޓަގްރާމުގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ވަނީ، ވަލެއްގައި ތާށިވެފައިވާ އޮލިވް ރިޑްލީއެއް ސަލާމަތް ކުރާ ތަނެވެ. ވީޑިއޯ ހިއްސާކުރަމުން ބުނެފައި ވަނީ، އެމީހުންގެ ޑޮލްފިން ކްރޫޒަށް އިއްޔެ ހީވެސް ނުކުރާފަދަ ބަދަލެއް އައީ ވަލެއްގެ ތެރޭގައި ތާށިވެފައި އޮތް އޮލިވް ރިޑްލީއެއް، މިނިވަންވާން އުނދަގޫވަމުން ދިޔަތަން ފެނުމުން ކަމަށެވެ.

"ތުލުސްދޫއިން އަޅުގަނޑުމެންގެ ޓީމުތަކުން ދިން އަވަސް ތަރުހީބުގެ ސަބަބުން މި ރީތި މަޚްލޫޤު މިހާރު މިނިވަންކަމާއެކު ފަތަމުން އެބަދޭ" ސީޒަން ޕެރެޑައިޒްގެ ޕޯސްޓުގައި ވެއެވެ.

އޭގެ އިތުރުން އެމީހުން ބުނީ، ކަނޑު ތަޣައްޔަރުވުމުގެ ފަނާކުރަނިވި އަސަރުތަކާއި މި ނާޒުކު އިކޯސިސްޓަމްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރުކުރުން ކިހާ މުހިންމުކަން ހަނދާންކޮށްދިނުމަކީ ގަބޫލުކުރަން ދަތި ހިތާމަވެރި ކަމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!