މަސްވެރިކަމާއި ގުޅޭ

Fishing Trawler
Fishing Trawler

ސޯމާލިއާގެ ކަނޑުގެ ސަރަހައްދުން ބޮޑެތި ދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާކޮށްފި

ސޯމާލިއާގެ ކަނޑުގެ ސަރަހައްދުން ބޮޑެތި ދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާކޮށްފިއެވެ.

މިއީ ބެލެހެއްޓުމެއް ނެތި ކުރެވޭ މަސްވެރިކަން ހުއްޓުވުމަށްޓަކައި އެޤައުމުގެ ސަަރުކާރުން ނިންމި ނިންމުމެކެވެ.

ސޯމާލިއާގެ ފިޝަރީޒް އެންޑު ބްލޫ އިކޮނޮމީއިން ނެރެފައިވާ ސަރކިއުލާއެއްގައި ބުނެފައިވަނީ ބޮޑެތި ބޯޓު ފަހަރުތަކުން ކަނޑުގެ އަޑިން ދާ ޖަހައިގެން ކުރާ މަސްވެރިކަން އެޤައުމުގެ ކަނޑުގެ ސަރަހައްދުން ކުރުން މަނާކޮށްފައިވާ ކަމަށެވެ.

މި ބާވަތުގެ މަސްވެރިކަމުގައި ބޭނުން ނުވާ ބާވަތްތަކުގެ މަސްތައްވެސް ދަލުގައި ޖެހި ހިފެއެވެ. އަދި މި މަސްތައްވެސް މަރުވެއެވެ.

ސޯމާލިއާގެ ސަރުކާރުން ބުނެފައިވަނީ މި ގަވާއިދާއި ހިލާފުވާ ފަރާތްތަށް ޖޫރިމަނާކުރާނެ ކަމަށާއި، މަސްވެރިކަން ކުރުމަށް ބޭނުންކުރާ ބާވަތްތައްވެސް އަތުލާނެ ކަމަށެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!