މަސްވެރިކަމާއި ގުޅޭ

viber_image_2024-04-13_07-41-50-591

މަހަށްދާނެ މީހުން ނެތިގެން، އިހަވަންދޫ 'ފަރިމާ' ދޯނި ވިއްކާލަނީ

މީގެ ދެ އަހަރު ކުރިން އަލީ މޫސާގެ 'ފަރިމާ' ދޯނި ބަނދެފައިވަނީ ބޭންކް ލޯނެއް ނަގައިގެންނެވެ. ތިން މިލިއަން ރުފިޔާގެ އެ ލޯނުގެ ބާކީ ދެ މިލިއަން ރުފިޔާ އަދިވެސް ދައްކަން އޮތް އިރު، އަލީގެ ވިސްނުން ހުރީ ދޯނި ވިއްކާލާއިރު ލޯނުވެސް ޚަލާސް ކުރުމަށެވެ.

"ކޯރަމް ހަމަ ނުވުމުން އަސްލު ބޮޑަށް. މަސްވެރިކަން ކުރާނެ މީހުން ނުލިބުން" ބޮޑު ލޯނެއް ނަގައި އަމިއްލަ އޮޑިއެއް ބަނުމަށްފަހު މަދު އަހަރުތަކެއްގެ ތެރޭގައި ދޯނި ވިއްކާލަނީ ކީއްވެތޯ އެހުމުން ދޯނީގެ ފަރާތުން ވާހަކަނ ދެއްކި އިއްބެ ބުންޏެވެ.

ފަރިމާ ދޯނިން މަހަށް ދިޔަ މީހުން މިހާރު ރަށުގެ ވަޒީފާއާއި ރިސޯޓު ވަޒީފާއަށް ދާން ފެށުމުން އެ ދޯނި ފަޅުގައި އަޅަން ޖެހުނީއެވެ. ޒުވާނުންވެސް ހިމެނޭހެން އެކި އުމުރުގެ މީހުން މަސްވެރިކަމުގައި ހަރަކާތްތެރި ވާއިރު، އެކި އިރު އެމީހުންގެ ވަޒީފާގެ ޝައުގު ހުންނާނީ އެކި ގޮތަށް ކަމަށް އިއްބެ ގަބޫލު ކުރެއެވެ.

އަމިއްލަ މަސައްކަތުން ވުުޖޫދުކުރި ފަރިމާ ދޯނި ދުއްވިއިރު، ލޯނު ދެއްކުމަށްފަހު 'ރަނގަޅު އެއްޗެއް' އަތުގައި އޮންނަ ކަމަށް އިއްބެ ބުނެއެވެ. ނަމަވެސް ދޯނި ވިއްކާލުމަށްފަހު އިއްބެގެ ޝައުގުވެރިކަން ވެސް ހުރީ އެހެން ދާއިރާއަކަށެވެ.

މަސްވެރިކަމަށް މަޝްހޫރު އިހަވަންދޫގެ އެހެން ދޯނިތައް އަދިވެސް ރަނގަޅު މަސްވެރިކަމެއް ކުރާ ކަމަށް އިއްބެ ބުނެއެވެ. ނަމަވެސް ދޯނިފަހަރު ދުއްވަނީ ގިނަ އަދަދެއްގެ ބިދޭސީން ހިމަނައިގެންނެވެ.

ފަރިމާ ދޯނި މަހަށް ދިޔައިރު އެ ދޯނީން ގެންގޮސްފައި ވަނީ ދެ ބިދޭސީންނެވެ. ބާކީ ހުސް ދިވެހިންނެވެ.

ފަރިމާ ދޯނި ގަންނަން ގިނަ ބަޔަކު ދަނީ ގުޅަމުންނެވެ. އޭގެ ތެރެއިން ދެ ފަރާތެއް ދޯނި ގަންނަ ބީދައަކުން ވާހަކަ ދައްކާފައި ވީ ނަމަވެސް، ވިއްކާލުމަށް އަދި ކަނޑަ ނޭޅޭ ކަމަށް އިއްބެ ބުންޏެވެ.

މިހާރުވެސް މަަސްވެރިކަމަށް ނުކުންނަ ފަރިމާ ދޯނީގެ ދިގުމިނުގައި 05 .92 ފޫޓު ފުޅާމިނުގައި 27.05 ފޫޓުހުރެއެވެ. ޔަންމާ 659 ހޯސްޕަވަރު އިންޖީނެއް އަޅައިފައިވާ  ފަރިމާ ދޯނި ވިއްކާލަނީ މަސްވެރިކަމުގައި ބޭނުންކުރާ ހުރިހާ ސާމާނާއެކުގައެވެ.
އިތުރުމައުލޫމާތު  7569797/9967878

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!