މަސްވެރިކަމާއި ގުޅޭ

Screenshot 2024-04-24 101157

އުތުރުން ދެކުނަށް : ޒުވާން މަސްވެރިޔާ މިހާރު ހުރީ ށ. ޅައިމަގުގައި

“އުތުރުން ދެކުނަށް” ދަތުރުގައި ޒުވާން މަސްވެރިޔާ، ހަސަން ސާޖިން މިހާރު ހުރީ ށ. ޅައިމަގުގައެވެ.

މި ރަށަށް ފަހު ދެން ދާނީ އަތޮޅުގެ ވެރިކަންކުރާ ރަށް ކަމަށްވާ ފުނަދޫއަށްކަމަށް މައުލޫމާތުލިބެއެވެ. އެއީ ށ.އަތޮޅުގެ އެންމެ ފަހު މަންޒިލެވެ.
ޒުވާން މަސްވެރިޔާ ވަނީ ހއ. އަދި ހދ.ގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައެވެ.

ޒުވާން މަސްވެރިޔާގެ މި ދަތުރު ހއ. ތުރާކުރުން ފަށާފައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.
މި ދަތުރުގެ ތެރެއިން ޒުވާން މަސްވެރިޔާ ދަނީ ރަށްރަށާއި ގުޅޭ ތަފާތު އެކި މައުލޫމާތުތަައް ގެނެސްދެމުންނެވެ. އެގޮތުން އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދެމުންދާއިރު، ސުކޫލުތަކުގެ ދަރިވަރުންނާއި ބައްދަލުކޮށް މަސްވެރިކަމުގެ މައުލޫމާތުވެސް ފޯރުކޮށްދެއެވެ.
ޒުވާން މަސްވެރިޔާ ވެބްސައިޓް Zuvaan Masveriya | Maldives އިން ދަތުރުގެ ހުރިހާ އަދާހަމައެއް ފެންނަން ހުންނާނެއެވެ. އަދި ޒުވާން މަސްވެރިއާ ޔޫޓިއުބު ޗެނަލް އިން މި ދަތުރުގެ ވީޑިއޯތައް ފެންނާނެއެވެ.
ޒުވާން މަސްވެރިޔާ އާއި އެކު މަސައްކަތްކުރަމުންދަނީ 5 މެމްބަރުންގެ ޓީމަކުންނެވެ. ޒުވާން މަސްވެރިޔާ ސޯޝަލް މީޑިއާއަށް ދޫކޮށްލާ ވީޑިއޯތަކާއި ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.