މަސްވެރިކަމާއި ގުޅޭ

Illegal-Drone-Fishing

ގަވާއިދު: ކަނޑުމަސް ހޯދުމަށް ޑްރޯން ބޭނުން ކުރުމަކީ މަނާކަމެއް

މަސްވެރިކަމުގައި ކަނޑުމަހުގެ ބާވަތެއް ނުވަތަ ހިބަރު ހޯދުމަށް ނުވަތަ ހިފުމަށް ވައިގެ އުޅަނދެއް ނުވަތަ ޑްރޯން ބޭނުންކުރުން މަނާވަނީކީއްވެ؟

ކަނޑުމަހުގެ މަސްވެރިކަމުގައި ވައިގެ އުޅަނދެއް ނުވަތަ ޑްރޯން ބޭނުންކުރުން މަނާކޮށްފައިވަނީ 2016 ވަނަ އަހަރު އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންއިން (އައި.އޯ.ޓީ.ސީ) އިން ފާސްކޮށްފައިވާ ގަރާރަކުންނެވެ. އައި.އޯ.ޓީ.ސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބަލައްޓާ ސަރަހައްދީ ޖަމުއިއްޔާއެވެ. މިޖަމުއިއްޔާގެ ނިންމުންތައް މެންބަރު ގައުމުތަކުން ގައުމީ ފެންވަރުގައި ގާނޫނާއި ގަވާއިދުތަކުން ތަފްފީޒުކުރަންޖެހެއެވެ. ދިވެހިރާއްޖެއިން އައި.އޯ.ޓީ.ސީގެ މެންބަރަކަށްވީ 2011 ގައެވެ.

މަސްވެރިކަމުގައި ކަނޑުމަހުގެ ބާވަތެއް ނުވަތަ ހިބަރު ހޯދުމަށް ނުވަތަ ހިފުމަށް ވައިގެ އުޅަނދެއް ނުވަތަ ޑްރޯން ބޭނުންކުރުން މަނާކުރުމުގެ ބޭނުމަކީ ޕެސިފިކް ކަނޑުގައި ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުތަކުން މަސްއައިން ހޯދުމަށް ހެލިކޮޕްޓަރާ އަދިވެސް އެހެނިހެން ވައިގެ އުޅަނދުތަށް ބޭނުންކޮށް މަސްވެރިކަމުގެ 'އެފިޝަންސީ' އިތުރުކުރަމުން ދާތީވެ، އިންޑިއާ ކަނޑުގައި ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުތަކުންވެސް މިފަދަ ޓެކްނޮލޮޖީ ބޭނުންކޮށް މަސްވެރިކަމަށް ކުރާ ހޭދަ (ފިޝިން އެފޯޓް) ކުޑަކުރުން ކޮންޓްރޯލް ކުރުމެވެ.

އިންޑިއާ ކަނޑުގެ ކަނޑުމަހުގެ އާބާދީ ދަށްވިޔަ ނުދީ ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓުމަށް ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ.

މަސްއައިން ހޯދުމަށް ނުވަތަ މަސް ހިފުމަށް ޑްރޯން ނުވަތަ ވައިގެ އުޅަނދެއް ބޭނުންކުރުން ދިވެހިރާއްޖޭގައި މަނާކުރެވިފައިވަނީ 2020 ވަނަ އަހަރު ގެޒެޓުކުރެވުނު ގަވާއިދު ނަންބަރު: 2020/R-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) އިންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ދިވެހިރާއްޖޭގައި ބޮޑުދައު ބޭނުމެއް ނުކުރޭ
    އެހެންވީމާ ޑުރައުން ބޭނުން ނުކުރެވެންވީ ސަބަބެއް ނެއް
    ތަނެއް އޮތިއްޔާ ބޯ ގަޅާލާނެ

Comments are closed.