މަސްވެރިކަމާއި ގުޅޭ

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ---
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ---

ކޯލްޑް ސްޓޯރޭޖް އެޅުމަށް ކުރާ މަސައްކަތްތައް ދެ އަހަރުން ނިންމާނަން: މިނިސްޓަރ

ކޯލްޑް ސްޓޯރޭޖް އެޅުމަށް ކުރާ މަސައްކަތްތައް ދެ އަހަރުން ނިންމާނޭ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، ރޭ ކުރިއަށްދިޔަ 'އަހާ' ފޯރަމްގައި ޒުވާން މަސްވެރިޔާ ހަސަން ސާޖިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝިޔާމް ވިދާޅުވީ، ކެޕޭސިޓީ އިތުރު ކުރުމުން އިންޓަނޭޝަނަލް މާކެޓުގައި ދިވެހިރާއްޖޭގެ މަހަށް ލިބޭ އަގު ބޮޑު ކުރެވ ކަމަށެވެ. އަދި ކެޕޭސިޓީ އިތުރު ކުރުމުން ރާއްޖެއަށް ބާގެއިނިނގް ޕަވަރ އެއް ލިބޭނެ ކަމަށެވެ.

ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ރާއްޖޭގައި މިވަގުތު ހުރީ10 ހާހަށްވުރެ ދަށްކޮށް ކަމަށާއި، އެއީ މަސްވެރިން އަތުން މަސް ގަނެފައި މަސް ރައްކާ ކުރެވެން ހުންނަ ސްޓޯރޭޖްގެ ނިސްބަތުން، ދިވެހިރާއްޖޭގެ އަހަރެއްގެ ތެރޭގެ ކެޗް ހުރި މިންވަރާ އަޅާ ބަލާއިރުގަ ވަރަށް ކުޑަ މިންވަރެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން އަބަދުވެސް ޖެހެނީ ބާނާ ވަރަކަށް މަސް ބޭރުކުރަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން، ބޭރުގެ މާކެޓްތަކުން ބޭނުން ނުވިޔަސް މަސް ބޭރުކުރާތީ، އެމީހުން ބޭނުންވާ ކޮންމެ އަގެއްގައި މަސް ބޭރުކުރުން ނޫން ގޮތެއް ނޯންނަ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެ ސަބަބާހުރެ، ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވެއެވެ.

ސަރުކާރަށް މިވީ މި ފަސް މަސް ތެރޭގއި،ަ މިހާރު ކުރަމުންދާ މަސައްކަތުން، ކޯލްޑް ސްޓޯރޭޖް އިތުރު ކުރުމަށް ކުރަމުން ދާ މަސައްކަތް އަދި ކުރަން ރާވާފައި ހުރި މަސައްކަތްތައް އެބަހުރި ކަމަށާއި ސަރުކާރުގެ ފުރަތަމަ ދެ އަހަރު ދުވަސްތެރޭގއިަ ކޯލްޑް ސްޓޯރޭޖް އެޅުމަށް ކުރާ މަސައްކަތްތައް ނިންމުމަށްް އަމާޒު ހިފާފައި ވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭރުން މިހާރު ހުރި10 ހާސް މެޓްރިކްޓަން، މަދުވެގެން14 ހާސް މެޓްރިކްޓަނަށް އިތުރު ކުރެވޭނެ ކަމަށާއި، އޭރުން މުޅި ރާއްޖެއަށް 24 ހާސް މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ލިބިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން، މަސް ޕްރޮސެސިންގް ކެޕޭސިޓީއަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު މަސް ޕްރޮސެސް ކުރެވެން ހުރީ މިފްކޯގެ އިތުރުން އަމިއްލަ ދެ ކުންފުންޏެއްގައި ކަމަށެވެ.

ޝިޔާމް ވިދާޅުވީ ރޯމަސް ބޭރު ކުރުން ހުއްޓާލައި، އާމްދަނީ އިތުރުވާނެ ގޮތަށް މަސް ބޭރުކުރަން ފަށަން ޖެހޭ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއާއެކު ހެދި އެސްބަސްވުންތަކަށް އިޝާރާތް ކުރައްވަމުން ޝިޔާމް ވިދާޅުވީ، މަސްވެރިކަން ތަރައްގީ ކުރުމަށް ބައިވަރު ކަންކަނ އެ އެއްބަސްވުންތަކުގައި ހިމެނޭ ކަމަށެބެ.

އޭގެ ތެރެއިން ޕްރޮސެސިންގް ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ފެލިވަރު އަދި ފ. އަތޮޅާއި ގދ. ފިރޯރީގައި މަސް ފެކްޓްރީ ގާއިމު ކުރެވުމުން ޕްރޮސެސިންގް ކެޕޭސިޓީ ދެގުނައަށްވުރެ އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަހަރެއްގެ ތެރޭގައި ރާއްޖެއިން އެއް ލައްކަ20 ހާސް މެޓްރިކްޓަމުގެ މަސް ބޭނުނަސް، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މަސް ވިއްކުމަށްފަހު ރާއްޖެއިން ބޭރު ކުރެވޭ މަހުގެ ގާތްގަނޑަކަށް75 އިންސައްތަ މިހާރު ބޭރު ކުރަނީ ރޯމަހުގެ ގޮތުގައި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މަސްވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖެއަށް ބޭރު ފައިސާ އެންމެ ރަނގަޅަށް ވައްދާ އެއް ސިނާއތަށް ވިޔަސް މަސް ބޭރުކޮށްގެން ލިބޭ އާމްދަނީ ވޭތުވެދިޔަ ދެތިން އަހަރު ހުރީ ހުރީ92 މިލިއަން ޑޮލަރުގައި ކަމަށާއި، މިހާރު ހިފާފައިވާ އަމާޒަށް ވާސިލު ވެވިއްޖެ ނަމަ ލިބޭ އާމްދަނީ ދެގުނައަށްވުރެ ކުރިއަށް ޖެއްސޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!