މަސްވެރިކަމާއި ގުޅޭ

މެނޭޖްމަންޓް ޕްލޭން: ކުށާއި އަދަބު - ލައިސަންސް އާއި އޭގެ ޝަރުޠުތަކާއި އިލްތިޒާމްތަކާބެހޭ ކުށްތައް

ބާބު 7: ކުށާއި އަދަބު

ތާވަލް 3: ކުށްތަކާއި އެ ކުށްތަކަށް ދެވޭ އަދަބުތައް

ޢާންމު ޕްރޮސެސިންގ ލައިސަންސް އާއި އެއިގެ ޝަރުޠުތަކާއި އިލްތިޒާމްތަކާއި ގުޅިފައިވާ ކުށްތައް

 

އަދަބު ކަނޑައެޅުމުގެ ބޭނުމަށްޓަކައި ޢާންމު ޕްރޮސެސިންގެ މަސައްކަތްތައް ބެހިފައިވަނީ އަންނަނިވި ކެޓަގަރީތަކަށެވެ.

ކެޓަގަރީ A: 5 މެޓްރިކް ޓަނަށްވުރެ މަދު ޢަދަދެއް ޕްރޮސެސްކޮށް ރައްކާކުރެވޭ ތަންތަން

ކެޓަގަރީ B: 5 މެޓްރިކް ޓަނާއި 30 މެޓްރިކް ޓަނާ ދެމެދުގެ ޢަދަދެއް ޕްރޮސެސްކޮށް ރައްކާކުރެވޭ ތަންތަން

ކެޓަގަރީ C: 30 މެޓްރިކް ޓަނަށްވުރެ ގިނައިން ޕްރޮސެސްކޮށް ރައްކާކުރެވޭ ތަންތަން

ލައިސަންސެއްނެތި އެކްސްޕޯޓުކުރުމަށް ނުވަތަ ވިއްކުމަށް މަސް ޕްރޮސެސްކުރާ ކެޓަގަރީ A ގެ ތަންތަން

 

ބާކީހުރި ކެޓަގަރީތަކުގެ ތަންތަން ޖުރިމަނާ ކުރެވޭނީ އަންނިވި ގޮތުގެ މަތިންނެވެ.

-        ކެޓަގަރީ B: ކެޓަގަރީގެ A ގެ ޖުރިމަނާގެ 3 ގުނަ

-        ކެޓަގަރީ C: ކެޓަގަރީގެ A ގެ ޖުރިމަނާގެ 4 ގުނަ

5,000/-
ލައިސަންސް ނެތް އުޅަނދަކުން މަސް ގަންނަ ކެޓަގަރީ A ގެ ތަންތަން

ބާކީހުރި ކެޓަގަރީތަކުގެ ތަންތަން ޖުރިމަނާ ކުރެވޭނީ އަންނިވި ގޮތުގެ މަތިންނެވެ.

- ކެޓަގަރީ B: ކެޓަގަރީގެ A ގެ ޖުރިމަނާގެ 2 ގުނަ

-  ކެޓަގަރީ C: ކެޓަގަރީގެ A ގެ ޖުރިމަނާގެ 3 ގުނަ

5,000/-
ޕްރޮސެސްކުރާ ތަނުގައި ލައިސަންސް ނުގެންގުޅުން 1,000/- ތަކުރާރުވާ ކޮންމެ ފަހަރަކު MVR 1,000/-
ޕްރޮސެސްކުރާ ތަނުގައި ޕްރޮސެސްކުރަން ކަނޑައަޅާފައިވާ ކޯޓާ (ބާވަތުގެ ގޮތުން ނުވަތަ ބަރުދަނުގެ ގޮތުން) އަށްވުރެ އިތުރަށް ޕްރޮސެސްކުރުން އިތުރަށް ޕްރޮސެސްކުރާ ކޮންމެ ޓަނަކަށް 2,000/-
ކުރިއާލައި ލޮގްފޮތް ލިބުމުގެ ކުރިން ޕްރޮސެސްކުރާ ތަނަށް މަސް ބޭލުން 10,000/- ތަކުރާރުވާ ކޮންމެ ފަހަރަކު އެންމެ ފަހުން ޖުރިމަނާކުރެވުނު ޢަދަދުގެ މައްޗަށް     MVR 1,000/- އިތުރުވުން (MVR 100,000/- އާއި ހަމައަށް)
ލައިސަންސްގެ ޝަރުޠުތަކާއި އެއްގޮތަށް އުޅަނދުގެ ދަތުރު ލޮގްތައް މިނިސްޓްރީއަށް ހުށަނޭޅުން 5,000/- ތަކުރާރުވާ ކޮންމެ ފަހަރަކު އެންމެ ފަހުން ޖުރިމަނާކުރެވުނު ޢަދަދުގެ މައްޗަށް     MVR 500/- އިތުރުވުން (MVR 10,000/- އާއި ހަމައަށް)
ލައިސަންސްގެ ޝަރުޠުތަކާއި އެއްގޮތަށް މިނިސްޓްރީ އަށް ހުށަހަޅަންޖެހޭ ރިޕޯޓް/މަޢުލޫމާތު ހުށަނޭޅުން 10,000/- ތަކުރާރުވާ ކޮންމެ ފަހަރަކު MVR 10,000/-
އެންފޯސްމަންޓް އޮފިސަރުންނާއި، ފިޝަރީޒް ރޭންޖަރުންނާއި، ފިޝަރީޒް އޮބްޒާވަރުންނަށް އެއްބާރުލުން ނުދިނުން 5,000/- ތަކުރާރުވާ ކޮންމެ ފަހަރަކު އެންމެ ފަހުން ޖުރިމަނާކުރެވުނު ޢަދަދުގެ މައްޗަށް     MVR 1,000/- އިތުރުވުން (MVR 10,000/- އާއި ހަމައަށް)
މިނިސްޓްރީއިން ލާޒިމުކޮށްފައިވާ ގޮތުގެ މަތިން މަސްވެރިންގެ އަތުން ލިބޭ މަޢުލޫމާތުގެ ސިއްރުކަން ގެއްލުވާލުން ނުވަތަ މިނިސްޓްރީ ނޫން ފަރާތަކަށް އެ މަޢުލޫމާތު ހާމަކުރުން 20,000/- ތަކުރާރުވާ ކޮންމެ ފަހަރަކު MVR 20,000/-

މެސެޖްބައިގައި ޚިޔާލު ހުށަހަޅުއްވާ

ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމާބެހޭ ޕްލޭން ޑައުންލޯޑް ކުރައްވާ

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!