މަސްވެރިކަމާއި ގުޅޭ

އޮއިސްޓަރ - ފޮޓޯ: ކޯސްޓަލް ރިވިއު އޮންލައިން
އޮއިސްޓަރ - ފޮޓޯ: ކޯސްޓަލް ރިވިއު އޮންލައިން

ދުނިޔޭގެ ކާބޯތަކެތީގެ މައިގަނޑު ވަސީލަތަކަށް ކަނޑުގެ ބާވަތްތައް ވެދާނެ: ދިރާސާ

ދުނިޔޭގެ ކާބޯތަކެތީގެ މައިގަނޑު ވަސީލަތަކަށް ކަނޑުގެ ބާވަތްތައް ވެދާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ދުނިޔޭގެ އާބާދީ އިތުރުވަމުން ދިއުމާއި ގުޅިގެން ބިން ބޭނުންކުރުމަށްޓަކައި ތިމާވެއްޓަށް ކުރަމުންދާ ނޭދެވެ އަސަރުތައް ހުއްޓުވުމަށް، އެއްގަމުން ލިބޭ މަހުގެ ބާވަތްތަކަށް ވުރެބޮޑަށް ކަނޑުން ލިބޭ މަހުގެ ބާވަތްތައް ކެއިންބުއިމުގައި ބޭނުންކުރުމަށް ސައިންސްވެރިން އަންނަނީ ދިރާސާކުރަމުންނެވެ.

ނޭޗަރ އިން ކުރި ދިރާސާއަކުން ދައްކާގޮތުގައި، ދުނިޔޭގައި ދެމެހެއްޓެނިވި ގޮތުގައި ކަނޑުން ބޭނުންކުރާ ކާބޯތަކެތީގެ މިންވަރު 2050 ވަނަ އަހަރާއި ހަމައަށް 74 އިންސައްތަ އިތުރު ކުރެވޭނެކަމަށެވެ.

އާންމު ދަނޑުވެރިކަމުގެ އުސޫލުގައި ހިމެނޭ ފެނާއި، ބިން އަދި ތިމާވެއްޓަށް އަސަރު ނުކުރާގޮތައް އިތާމުތް އާލާކޮށް ދިރުވުމުގެ މަސައްކަތް ކުރުމަށް ގޮންޖެހުންތަކެއް އެބަހުރިކަމަށް ނޭޗަރއިން ނެރެފައިވާ ދިރާސާއިން ދައްކައެވެ. އަދި މަހުގެ ބާވަތްތައް ބޭނުންކުރާ މިންވަރު 2050 ވަނަ އަހަރާއި ހަމައަށް 500 މެގަޓަނު އިތުރުވާނެކަމަށް ދައްކައެވެ.

ދިރާސާތަކުން ދައްކާ ގޮތުންނަމަ މިހުރިހާ ކަމަކަށް އޮތް ހައްލަކީ ކަނޑުކަމުގައިވެއެވެ.

މިކަމަށް ހުރި ހައްލުތައް ހޯދުމަށްޓަކައި މިމަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކަށް ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން ދިރާސާކުރާ ފަރާތްތަކުން ވަނީ ސުވާލުކޮށްފައެވެ. ދިރާސާކުރި ޓީމްގައި ހިމެނޭ މެންބަރުންގެ ތެރޭގައި ތިމާވެށި ރައްކާތެރި ކުރާ ފަރާތްތަކާއި ވިޔަފާރިވެރިންގެ އިތުރުން ނިއުޓްރިޝަނިސްޓުން ހިމެނެއެވެ.

މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި އެއްގަމުގެ މަސްވެރިކަމާއި ކަނޑުގެ މަސްވެރިކަމުން ލިބޭ ނަފާގެ މައްޗަށްބަލާ އާންމުންގެ މެދުގައި ތަރުހީބު އޮތީ އެއްގަމުން ލިބޭ މަހުގެ ބާވަތައްތޯ ނުވަތަ ކަނޑުން ލިބޭ މަހުގެ ބާވަތްތަކަށްތޯ މި ޓީމުން ބަލާނެކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!