މަސްވެރިކަމާއި ގުޅޭ

fishi

އިންޑިއާ ކަންޑުން ބާނާ ކަނޑުމަހަށް އީ.ޔޫގެ ބައެއް ޤައުމުތަކުގެ ފިހާރަތަކުގެ ދޮރުތައް ބަންދުވަނީތަ؟

ލިންކެޑިންއިން ޝާއިޢުކޮށްފައިވާ ގޮތުގައި، ޔޫރަޕްގެ ޤައުމެއް ކަމަށްވާ ބެލްޖިއަމްގެ އެންމެ ކުރިއަރާފައިވާ ރީޓެއިލަރ ކޮލުރީޓް ގްރޫޕުން  ކޮށްފައިވާ އިޢުލާންކޮށް ބުނެފައިވަނީ  އިންޑިޔާ ކަޑުގެ ސަރަހައްދުން ދެމެހެއްޓެނިވި ގޮތެއްގައި މަސް ބާނަމުން ނުދާނަމަ، ކަޅުބިލަމަހާއި ކައްނެލި މަސްދަޅުތައް އެފަރާތުގެ ސުޕަމާރޓްތަކުގައި ވިއްކުން ހުއްޓާލާނެކަމަށެވެ.
މިކަމުގެ ސަބަބުން މަސްދަޅު ބަންދުކުރާ ފަރާތްތަކަށް ހައިރާންކަން ލިބިގެންދިއަކަމަށާއި، އަދި މިއީ މިފަދަ ގޮތަކަށް އިންޑިއާ ކަނޑުގެ ސަރަހައްދުން ބާނާ މަހުން އުފައްދާ ދަޅުމަސް ބޮޑު ސުޕަމާކެޓް ޗެއިން އަކުން ވިއްކުން ހުއްޓާލާނެކަމަށް ބުނި ފުރަތަމަ ފަހަރުކަންވެސް އެފަރާތްތަކުން ފާހަގަކުރެއެވެ.
އިންޑިއާ ކަންޑުގެ ސަރަހައްދުގައި ކުރެވޭ ކަނޑުމަހާއި ކަންނެލީގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭކަމަށްބުނެ އިންގިރޭސިވިލާތުގެ ޓެސްކޯގެ ސުޕަމާކެޓްތަކަށް ކަޅުބިލަމުހުން އުފައްދާ ދަޅުމަސް ނުނެގުމަށް ނިންމާފައިވާއިރު، ޓެސްކޯއިން ވަނީ މިކަމަށް ހައްލެއް ގެނައުމަށް އައި.އޯ.ޓީ.ސީއަށް ގޮވާލާފައެވެ. އަދި މިކަމަށް ހައްލެއް ނުގެނެސްފިނަމަ، ކަންނެލި މަސްދަޅަށް އޮންނަ ޑިމާންޑަށް ހީނަރުކަން އަންނާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ކޮލުރީޓްއިން މިގޮތައް ނިންމުމާއި ގުޅިގެން ރީޓެއިލް ކުރާ ފަރާތްތަކުންވެސް އިންޑިއާ ކަނޑުގެ ސަރަހައްދުން ބާނާ މަހުން އުފައްދާ ދަޅުމަސް މާކެޓްތަކަށް ނުނެރުމަށް ނިންމައިފިނަމަ، އައި.އޯ.ޓީ.ސީއަށް މިކަން ހައްލުކުރުމަށް ޕްރެޝަރ ބޮޑުވެގެންދާނެއެވެ.
ޓޫނާ ޕްރޮޓެކްޝަން އެލައިއެންސް (ޓީ.ޔޫ.ޕީ.އޭ)ގެ ބައިވެރިއެއްގެ ގޮތުގައި ބެލްޖިއަމްގެ ކޮލުރީޓް އާއި އެކު އެހެން ސުޕަމާރޓްތައްވެސް ހިމެނެއެވެ. މީގެ ތެރޭގައި އައުޗަން، ކޯރާ، އީ.ލެކްލަރކް، ގްރޫޕް ކަސީނޯ، ލެ ގްރޫޕްމެންޓް ލެސް މޮސްކުއަޓަރސް، ލިޑްލް، މެޓްރޯ އަދި ޔޫ.އެންސެއިން ފަދަ ބޮޑެތި ސުޕަމާރޓްތައް ހިމެނެއެވެ. 

އިންޑިއާ ކަނޑުގެ ޤައުމުތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި އެންމެ ރަނގަޅަށް މަސްވެރިކަން ކުރާ ޤައުމަކީ ދިވެހިރާއްޖެއެވެ. ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއިން ބަލައިގެންފައިވާ މަސްވެރިކަމެކެވެ. އެހެންނަމަވެސް އިންޑިއާ ކަނޑުގެ ބައެއް ޤައުމުތަކުން ޤަވާއިދާ ޚިލާފަށް މަސްވެރިކަންކުރާކަން ފާހަގަކުރެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!