މަސްވެރިކަމާއި ގުޅޭ

WhatsApp Image 2020-10-09 at 17.21.19

ބާޚިރާ ރަށަށް ދިއުމުން މަސްވެރިންގެ އަނބިންގެ ފަރާތުން ހޫނު މަރުޚަބާ އެއް!

ގދ. ފަރެސްމާތޮޑާ "ބާޚިރާ ދޯނި" ރަށަށް ދިއުމުން މަސްވެރިންގެ އަނބިންގެ ފަރާތުން ހޫނު މަރުޚަބާ އެއް ކިޔައިފިއެވެ.

އުތުރާއި މެދުރާއްޖެތެރޭގައި މަސްވެރިކަން ކުރުމަށްފަހު ބާޚިރާ ދޯނި ރަށަށް ދިޔައީ ރޭގެ ވަގުތެއްގައިއެވެ. މިދަތުރުގައި އެދޯނިން ވަނީ އެއް ދުވަހުން 48 ޓަނު މަސް ބާނާފައެވެ. މިއީ ފަހުގެ ތާރީޚެއްގައި އެއް ދުވަހުން ދޯންޏެއް 40 ޓަނަށް ވުރެ ބަރުކޮށް މަސް ބޭނި ދުވަހެވެ. އަދި އެ ދޯނިން އެއް ދުވަހުން އެންމެ ގިނައިން މަސް ބޭނި ދުވަހެވެ. ބާޚިރާ ރަށަށް ދިއުމުން ދޯނީގެ މަސްވެރިންގެ އަނބިންގެ ފަރާތުން ވަނީ ހޫނު މަރުޚަބާއެއް ކިޔާފައެވެ. މިގޮތުން މިއަދު އެރަށު ބަނދަރު ސަރަހައްދުގައިވަނީ ވަރުގަދަ ސަޔަކާއެކު ކޭކު ފަޅާފައެވެ.

ދޯނީގެ ކެޔޮޅު މުޙައްމަދު ރަޝީދު ބުނީ މަސްވެރިންގެ އަނބިންގެ ފަރާތުން ލިބުނީ ވަރަށް ފުރިހަމަ އެއްބާރުލުމެއްކަމަށެވެ.

"މަސްވެރިންގެ އަނބިންގެ ފަރާތުން މި ލިބޭ އެއްބާރުލުން އަޅުގަނޑުމެންވެސް ޖެހޭނެ ފާހަގަކުރަން. މި ވާހަކަ އަޅުގަނޑުމެން ދައްކަންވެސް ޖެހޭނެ. އެމީހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ނަމަ އަޅުގަނޑުމެންނަކަށް މިކަމެއް ނުވާނެ." ކެޔޮޅު ބުންޏެވެ.

މި ޚަރަކާތް ހިންގުމުގައި އިސްކޮށް އުޅުނު ދޯނީގެ މަސްވެރިއެއްގެ އަންހެނުން ބުނީ، އެދުވަހު ދޯނިން ގިނަ އަދަދަކަށް މަސް ބާނާފައިވާތީ އެކަން ފާހަގަކުރަން އެންމެން ގުޅިގެން ނިންމިކަމަށެވެ. އަދި ދޯނި ރަށަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގަ ތިއްބާ ދޯނި ރަަށަށް އައީ އޭގެ ހަފްތާއެެއް ފަހުން ރޭގައި ކަމަށެވެ. އޭނާ ބުނީ މަސްވެރިން ކުރާ ބުރަ މަސައްކަތް އެންމެ ބޮޑަށް ފާހަގަކުރަން ޖެހޭނީ އެމީހުންގެ އަނބިންކަމަށެވެ.

"އެދުވަހުން ފެށިގެން އަަޅުގަނޑުމެން މި ތިބީ ދޯނި ރަށަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި. އެހެން ތިއްބަ ރޭގަ އައީ. މިއަދު މިއޮތީ ހުރިހާ މަސްވެރިންނާއި ދަރިންނަށް ޕާޓީއެއް. އެންމެންވެސް ވަރަށް އުފާވެފަ ތިބީ. އަޅުގަނޑުމެން އިތުރު ކަންތައްވެސް ރާވާފައިވާނެ. އޭގެތެރޭގައި ތަފާތު ކެއުމެެއް ހިމެނޭ. އެކަމަކު މިރޭ 10 ޖަހާއިރު ދޯނި މަހައްފުރާތީ ކެންސަލް ކޮށްލަން ޖެހުނީ. އެހެންވެ މި ކެއުން އަންނަ ހަފްތާއަށް މިހާރު މިވަނީ ފަސްކޮށްލާފަ". ބާޚިރާ ދޯނީގެ މަސްވެރިއެއްގެ އަންހެނުން ބުންޏެވެ.

ބާޚިރާ ދޯނި ރޭ ރަށަށް ދިޔައީ އުތުރާއި މެދުރާއްޖެތެރެގޭގައި މަސްވެރިކަމުގައި އުޅުމަށް ފަހުއެވެ. މި ދަތުރުގައި އެއްދުވަހުން ޖުމްލަ 48 ޓަނު މަސް ބޭނިއެވެ. އެދުވަހު މަސް ބޭނުމަށްފަހު އެ ދޯނިން ކޫއްޑުއަށް ކިރުވީ 41 ޓަނު 4 ސަތޭކަ ކިލޯއެވެ. އަދި ތ. ހިރިލަންދުއަށް 6 ޓަނު މަސް ކިރުވިއެވެ. އަދި ހަލާކުވެގެން 700 ވަރަކަށް ކިލޯގެ މަސް އުކާލިކަމަށް ކެޔޮޅު ބުންޏެވެ.

މިދޯނީގައި 37 މަސްވެރިން ހަރަކާތްތެރިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Ufaa faalhu kurun massla eh noon.kuran ves vaane .
    Ekamaku dhera kamakee Allah ge ismufulhu jahaafa othyma keykuga.dhen ethan kafaigen kaaleema kamaku nudhaae dho.vakin gadukolhegga ves jahaalevi dhaane kanneyge.eyrun rakkaatheri kamai eku nathaalevidhaane kanneyge e karudhaas kolhu

Comments are closed.