މަސްވެރިކަމާއި ގުޅޭ

Furaavaru-3

ފ. ބިލެއްދޫ "ފުރާވަރު 3"

ފ. ބިލެއްދޫ "ފުރާވަރު-3" އަކީ ފާނައިގެ މަސްވެރިކަން ކުރާ ދޯންޏެވެ.

މި ދޯންޏަކީ ފާނައިގެ މަސްވެރިކަމުން ލިބުނު އާމްދަނީން ބަނދެފައިވާ ދޯންޏެކެވެ. ދޯނީގެ ކެޔޮޅަކީ ފ. ބިލެއްދޫ ޝަޒިއްޔާ މަންޒިލް ޖަމީލް ޢަޒީޒެވެ. މި ކެޔޮޅު، ފާނައިގެ މަސްވެރިކަން ކުރާތާ 18 ވަރަކަށް އަހަރު ވެދާނެއެވެ. މި ދޯނިން މަޢުލޫމާތު ދިން ގޮތުގައި ހއ އަތޮޅުން ފެށިގެން އައްޑޫސިޓީ އާ ދެމެދުގެ ހުރިހާ އަތޮޅެއްގައި މި ދޯނިން ވަނީ ފާނައިގެ މަސްވެރިކަން ކޮށްފައެވެ.

މި ދޯންޏަކީ 63 ފޫޓް ދިގު 18 ފޫޓް ފުޅާ ފައިބަރު ދޯންޏެކެވެ. މި ދޯނީގައި 9 މަސްވެރިން ހަރަކާތްތެރިވެއެވެ.

ގުޅުންހުރި ލިޔުންތައް

One Response

Comments are closed.