މަސްވެރިކަމާއި ގުޅޭ

fares boi

ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އެޅުމަށް ފިޝަރީޒް މިނިސްޓްރީން ތައްޔާރުވެއްޖެ

ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި އަޅާފައިވާ 56 ކަނދުފަތީގެ ތެރެއިން 4 ކަނދުފައްޗެއް މިހާރު ވަނީ ކަނޑައިގެން ގޮސްފައެވެ. އެއީ ރ. ކަނދޮޅުދޫ، އދ. މާމިގިލި، ސ. ހިތަދޫ އަދި ފުވައްމުލައްސިޓީގެ ހުޅަނގުން އަޅާފައިވާ ކަނދުފައްޗެވެ. މީގެތެރެއިން އައްޑޫސިޓީ ހިތަދޫއާއި، ފުވައްމުލައްސިޓީގެ ބޭރުގައި އަޅާފައިވާ ކަނދުފަތި ކަނޑައިގެންދިޔައީ މިދިޔަ މަހުއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ކަނދުފަތި އަޅަން ކުރާ ދަތުރުގައި އެންމެ ފުރަތަމަ އެޅުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކަނޑައިގެންދިޔަ ކަނދުފަތިތައް ކަމަށެޗެ. މިގޮތުން ރ. ކަނދޮޅުދޫއާއި، އދ. މާމިގިލީ ބޭރުގައި ކަނދުފަތި އެޅުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

 

މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ. މިއިން ކޮންމެ ކަނދުފައްޗެއް ހަރުކުރުމަށް ދައުލަތުގެ ބަޖެޓުން ދެލައްކަ ފަންސާސް ހާސް ރުފިޔާ ޚަރަދުވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން ކަނދުފައްޗަށް ގެއްލުންވާ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން ގެންދަވަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!