މަސްވެރިކަމާއި ގުޅޭ

ހިރިލަންދޫ "ބޭރު ބޮއި" ކައިރީ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ކަމަށްބުނެ އާންމުކޮށްފައިވާ ފޮޓޯއެއް

ކަނދުފަތި ކައިރީ ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ދޯނިތަކެއްގެ ފޮޓޯއާ ވީޑިއޯ މަސްވެރިން އާންމުކޮށްފި

ކަނދުފަތި ކައިރީ ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ދޯނިތަކެއްގެ ފޮޓޯއާ ވީޑިއޯ މަސްވެރިން އާންމުކޮށްފިއެވެ.

މިގޮތުން 3 ކަނދުފައްޗެއް ގާތު ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ 3 ދޯންޏެއްގެ ފޮޓޯއާއި ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ ގދ. ތިނަދޫ ބޭރުން އަޅާފައިވާ ކަނދުފައްޗާއި، ލ. ފަރެސް ބޭރުގައި އަޅާފައިވާ ކަނދުފަތީގެ އިތުރުން ތ. ހިރިލަންދޫ ބޭރުގައި އަޅާފައިވާ "ބޭރު ބޮއި" ކައިރިން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ވީޑިއޯއެވެ. މި ވީޑިއޯއިން ފެންނަނީ ކަނދުފަތިކައިރިއަށް ރޯލު ދޫކޮށްގެން އުޅޭ މަންޒަރެވެ. މި ވީޑިއޯ ޚިއްސާކުރި މަސްވެރިން ބުނެފައިވަނީ މިކަމަކީ މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން "ބޮއިގެ" މަސްވެރިކަމަށް ގެއްލުން ވަމުންދާކަމަށް މަސްވެރިން ބުނެއެވެ.

މީގެ ހަފްތާއެއް ކުރިންވެސް މަސްވެރިޔަކު ވަނީ މިފަދަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޚިއްޞާ ކޮށްފައެވެ.

މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން ކަނދުފައްޗަށް ގެއްލުން ދިނުމާއި، ކަނދުފަތި ވަށައިގެން 3 މޭލު ސަރަހައްދުފައި ދިރޭ އެން ޖަހައިގެން މަސްވެރިކަން ކުރުމާއި، ކަނދުފަތި ކައިރީގައި ވަދު ދެމުމާއި، ތާވަޅު އުކުމާއި އަދި ކަނދުފަތީގައި ވާ އެއްސުމަކީ މަނާ ކަންކަމެވެ. ކަނދުފަތީގައި ވާ އެއްސި ދޯންޏެއްގެ އޮޑިވެރިޔާއާއި ކެޔޮޅު މިދިޔަ މަހު ފިޝަރީޒް މިނިސްޓްރީން ވަނީ ޖޫރިމަނާކޮށްފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ކަންނެލި ބާނުމަކީ ވެސްމަވެރިކަން ސަރުކާރު ރައްޔިތުންގެ ފައިސާއިން ކަނދުފޮތި އަޅާންޖެހެނީ ދޮށިން ކަނޱުމަސް ބާނާންދާ މީހުނައްކަނޫން އެހެންވީޔާ ކަންނެލި ބާނާ ފަރާތްތަކައް ވެސް ކަނދުފޮތި އަޅާދޭންޖެހޭނެ

  2. ކަންނެލި މަސްވެރިން ނަށް ބޮއި އަޅާ ބަލަ މަސްވެރިން ގާތް ނުވޭތޯ. .ގާތް ވާނެ ކަން ޔަގީން

Comments are closed.