މަސްވެރިކަމާއި ގުޅޭ

މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހަށް 230 މިލިޔަން ރުފިޔާ ލިބުނު!

މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހަށް 230 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ މަހުގެ ބާވަތް ތަކެވެ. މިގޮތުން ރާއްޖެއިން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ފިނިކުރި ކަޅުބިލަ މަހެވެ.

ރާއްޖެއިން އެކްސްޕޯޓްކުރި ކަޅުބިލަމަހުގެ 58 އިންސައްތަ އެކްސްޕޯޓް ކުރީ ތައިލެންޑަށެވެ. އެޤައުމަށް މަސް ބޭރުކޮށްގެން 166 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. ދެވަނައަށް އެންމެ ގިނައިން ރާއްޖެއިން ބޭރުކުރީ ބޮޑުކަންނެލީގެ ބާވަތްތަކުން އުފައްދާފައިވާ އުފެއްދުންތަކެވެ.

އެންމެ ގިނައިން ކަންނެލި އެކްސްޕޯޓްކޮށްފައިވަނީ ފްރާންސްއަށެވެ. އެއީ 8 އިންސައްތައެވެ. ޖަރުމަނަށް 6 އިންސައްްތަ ބޭރުކުރިއިރު އިނގެރޭސިވިލާތައް 5 އިންސައްތަ ބޭރުކުރިއެވެ. އަދި އެމެރިކާއަށް 4 އިންސައްތަ މަސް ބޭރުކުރިއެވެ. ފްރާންސްއަށް އެކްސްޕޯޓްކުރި މަހުގެ އުފެއްދުންތަކުން 22 މިލިޔަން ރުފިޔާ ލިބުނުއިރު ޖަރުމަނަށް އެކްސްޕޯޓްކުރި މަހުން 17 މިލިޔަން ރުފިޔާ ލިބުނެވެ. އަދި އިނގެރޭސިވިލާތައް ބޭރުކުރި މަހުން 13 މިލިޔަން ލިބުނުއިރު އެމެރިކާއަށް ބޭރުކުރި މަހުގެ ބާވަތްތަކުން 11 މިލިޔަން ރުފިޔާ ލިބުނެވެ.

މިދިޔަ އަހަރުގެ އެކްޓޯބަރު މަހަށްވުރެ މިއަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު %5 އިތުރުވެފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކޮވިޑްގެ މިދަތި ހާލުގައިވެސް މަސްވެރިންގެ ހިއްވަރަށް އައްސަރިބަހާ ސާބަހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!