މަސްވެރިކަމާއި ގުޅޭ

ދާ ޖަހައިގެން މަސްވެިރކަން ކުރަނީ
ދާ ޖަހައިގެން މަސްވެިރކަން ކުރަނީ

ކަނޑުގެ ދިރުމަށް ކުރާ އަސަރުތައް ކުޑަ ކުރުމަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދާ ގަނޑެއް އުފައްދަނީ

ބެލެހެއްޓުމެއްނެތި ދާ ޖަހައިގެން ކުރާ މަސްވެރިކަމުން ކަނޑުގެ ދިރުމަށް ކުރާ އަސަރުތައް ކުޑަ ކުރުމަށް ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސްހިފާ ދާ ގަނޑެއް އުފެއްދުމުގެ މަސައްކަތް ކުންފުންޏަކުން ފަށައިފިއެވެ.

ނޯވޭގެ ސިންޓެފް އޯޝަން ކުންފުނިން ފަށާފައިވާ މި ޕްރޮޖެކްޓަށް އިންވެސްޓުކުރަނީ ޔޫރަޕިއަން ޔޫނިއަންގެ  ފަރާތުންނެވެ.

ސިންޓެފް ކުންފުނިންދަނީ ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަމުންނާއި ތަފާތު އެކި ކަހަލަ މަސްވެރިކަމުން ކަނޑުގެ ދިރުމަށް ކުރަމުންދާ އަސަރުތައް ކުޑަކުރެވޭނެ އުފެއްދުންތަކެއް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުންނެވެ.

މީގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ 'ސްމާޓްގިއަރ' ގެ ނަން ދީފައިވާ މަސް ހިފަން ބޭނުންކުރާ ޒާތުގެ ދާ ގަނޑެވެ.  މި ދާގަނޑުން އަޑު އަދި ލެޑް ލައިޓްތައް ބޭނުންކޮށްގެން ހިފަން ބޭނުންވާ މަސްތައް ދަލުގައި ނުޖެހި ދުރަށްދާން އެހީތެރިވެދެއެވެ.

މީގެއިތުރުންވެސް އެކުންފުނިންދަނީ މަސް ބޯޓުތަކުން މަސްބާނާ މިންވަރު ބަލާލެވޭނެ ޓެކްނޮލޮޖީއެއްވެސް އެފެއްދުމަށް މަސައްކަތްކުރަމުންނެވެ. ' ކެޗްސްކޭނަރ' ގެ ނަން ދީފައިވާ މި ޓެކްނޮލޮޖީގައި އާރޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި މަހުގެ ތްރީ-ޑީ ކްލަރ އިމޭޖެއް ދައްކާލައެވެ. މިއާއެކު މަހުގެ ބަރުދަނާ އެއީ ކޮންކަހަލަ މަހެއްކަންވެސް އެނގިގެންދެއެވެ.

ކެޗް ސްކޭނަރއެއް

ޔޫރަޕްގައި ގާތްގަނޑަކަށް 75،000 މީހުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވެއެވެ. ސީ ފުޑްއަށް އޮންނަ ޑިމާންޑު އިތުރުވަމުންދިޔުމާއި އެކު މަހުގެ ބާވަތްތަކަށް އޮންނަ ޑިމާންޑުވެސްދަނީ އިތުރުވަމުންނެވެ.

އަދި ސްމާޓްފިޝް ޓެކްނޮލޮޖީތަކުގެ އެހީގައި ޤައުމުތަކުން މަސްބޭނުމުގައި ހަރުދަނާ ފިޔަވަޅުތައް އެޅިގެންދާނެ ކަމަށް ޔޫރަޕިއަން ޔޫނިއަންއިން ދެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!