މަސްވެރިކަމާއި ގުޅޭ

ގާތަކުގައި ތާށިވި އޯރްކާ،
ގާތަކުގައި ތާށިވި އޯރްކާ،

މި "އޯރްކާ" ސަލާމަތްވީ ގިނަ ބަޔަކު ކުރި މަސައްކަތުން!

މޫދުގައި އުޅޭ އެންމެ ބަލާލަން ހިތްޤައިމު މަސްތަކުގެ ތެރޭގައި އޯރްކާ ވޭލްސް ހިމެނޭނެއެވެ. ކޯމަހުގެ ބާވަތެއްކަމަށްވާ އޯރްކާ ވޭލްސްއަކީ ތޫނު ފިލި މެހެކެވެ. ކާނެ އެއްޗެއް ހޯދުމަށް ޝިކާރަ ކުރުމުގައި އެކަތި އަނެކައްޗާއި ވާހަކަދައްކާ ހަދައެވެ.

ބާލާލަން ކިތައްމެ ރީއްޗަސް އޯރްކާ ވޭލްސްއާއި އިންސާނުން އެހާ ބޮޑަށް ގައިގޯޅިވުން ރަނގަޅެއް ނޫނެވެ. ސަބަބަކީ އޯރްކާ އަކީ އެހާ 'ފްރެންޑްލީ' މަހަކަށް ނުވުމެވެ.

އެހެންނަމަވެސް ގާތަކެއްގައި ތާށިވެފައި އޮތް އޯރްކާއެއް ސަލާމަތްކުރުމަށް ބަޔަކު މީހުން އެޔާ ކައިރިވެ ކޮށްފައިވާ މަސައްކަތް ފެންނަ ވީޑިއޯއަށްވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.

އޯރްކާ ގާތަކުގައި ތާށިވެފައި

މިކަން ހިނގާފައިވަނީ ބްރިޓިޝް ކޮލޮމްބިއާގެ ގޮނޑުދޮށް ހިސާބުގައެވެ. އޯރްކާ ގާތަކުގައި ތާށިވާން ދިމާވީ ކާނެ އެއްޗެއް ހޯދުމުގެ ތެރޭގައެވެ. ދިޔަވަރު ހިކުމުން ގާތަކުގައި އޯރްކާ ތާށިވީއެވެ. މި އޯރްކާގެ ނަސީބުވެސް ރަނގަޅީއެވެ. އެހީއަށް އެދި ގޮވި އަޑު އިވިގެން ބަޔަކު އެކަމާއި އަވަސްވެގަތެވެ. އޯރްކާ ގާތަކުގައި ތާށިވެފައި އޮތް އިރު އެޔަށް ހޫނުވިޔަ ނުދީ ބޭނުންވާ ވަރަށް ގަޔަށް ފެން އަޅާލަދީ އެމީހުން ތިއްބެވެ.

މި އޯރްކާ ސަލާމަތްކުރުމަށް އެތަނަށް ޖަމާވި މީހުންނަކީ ވޮލެންޓިއާކޮށް އެކަމަށް އެތަނަށް ދިޔަމީހުންނެވެ. ފޭސްބުކްގައި އެކަމަށް ޖަހާލި ޕޯސްޓަކަށް އިޖާބަދީއެވެ. އޯރްކާ ސަލާމަތް ކުރުމަށް 8 ގަޑި އިރު ހޭދަވިއެވެ. ދިޔަވަރު ބޮޑުވުމުން އޯރްކާ ސަލާމަތުން މާކަނޑަށް މިސްރާބް ޖެހިއެވެ. ގާތަކުގައި ތާށިވިނަމަވެސް އޯރްކާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!