މަސްވެރިކަމާއި ގުޅޭ

SRI_LANKA_-_1123_Pescatori

ކޮވިޑް-19އާއި ގުޅިގެން ލަންކާގެ މަސްވެރިކަމުގެ ސިނާއަތަށް ގެއްލުންތަކެއް!

ކޯވިޑް-19 އާއި ގުޅިގެން ލަންކާގައި މަސް ގަންނަ މީހުންގެ އަދަދު ދަށަށް ގޮސް މަސްވެރިންނަށް ލިބެމުން އައި ފައިދާވަނީ ދަށަށް ގޮސްފައެވެ.

މަސްވެރިކަމަކީ ލަންކާގެ އިޤްތިސާދުގައި މުޙިއްމު ސިނާއަތެކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ލަންކާގެ 174،000 މީހުންނަކީ ކުދި ދޯނިފަހަރުންނާއި، ގޮނޑުދޮށްތަކުން މަސްވެރިކަން ކުރާ ފަރާތްތަކެވެ. ކޯވިޑް އާއި އެކު އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީވެސް މި ފަންތީގެ މީހުންނަށެވެ.

ކޯވިޑް-19 އާއި ގުޅިގެން މަސްވެރިކަން މިހާ ބޮޑަށް ދަށަށް ދާން ފަށާފައިވަނީ ކަނޑުމަހުގެ ޒަރިއްޔާއިން ކޯވިޑްފެތުރޭކަމަށް ބުނެ އަޑުތައް ފެތުރެމުންދިޔުމާއި ގުޅިގެންނެވެ. މިކަމާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމާއި ކަނޑުމަސް ކެއުމަކުން އެބަލި ނުޖޭހެނެ ކަން އަނގައިދިނުމަށް ކަމާއި ގުޅުން ހުރި ވުޒާރާތަކުން ދަނީ މަސައްކަތްކުރަމުންނެވެ.

ކަނޑުމަހުން ކޯވިޑް-19 ޖެހިދާނެ ކަމަށް ލަންކާގައި އަޑު ފެތުރިފައިވާއިރު، މި ބިރުވެރިކަން ކަނޑުވާލުމުގެ ބޭނުމުގައި ސްރީލަންކާގެ ކުރީގެ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް ޑިލިޕް ވެއްޑަރައްޗީ މީޑިއާ ކުރިމަތީގައި ދާދިފަހުން ވަނީ ރޯ މަހެއް ކާލައިފައެވެ.

ލަންކާގައި މިހާރު ހަލުވިކަމާއެކު ދަނީ ކޯވިޑް-19 ފެތުރެމުންނެވެ. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުތައްވެސް ދަނީ މައްޗަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!