މަސްވެރިކަމާއި ގުޅޭ

BL19SEAFOOD

ކޯވިޑް-19 އާއި ގުޅިގެން އެމެރިކާގައި ސީފުޑް ކާ މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައި: ދިރާސާ

ކޯވިޑް-19 އާއި ގުޅިގެން އެމެރެކާގައި ސީފުޑްގެ ބާވަތްތައް ކެއުމުގައި ބޭނުންކުރާ މީހުންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާއިން ދައްކާގޮތުގައި މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ސެޕްޓެމްބަރުމަހުގެ ނިޔަލަށް ތާޒާ މަސް އެޤައުމުގައި ބާނާ މިންވަރު 40 އިންސައްތަ ވަނީ ދަށަށް ގޮސްފައިއެވެ. އަދި އެޤައުމަށް އެތެރެކޮށްފައިވާ މަހުގެ އުފެއްދުންތައް އެ މުއްދަތުގައިވަނީ 37 އިންސައްތަ ދަށްވެފައިއެވެ. އަދި އެޤައުމުން އެކްސްޕޯޓުކޮށްފައިވާ މަހުގެ ބާވަތްތައްވަނީ 42 އިންސައްތަ ދަށްވެފައެވެ.

ތާޒާ މަހުގެ ޑިމާންޑު ދަށަށް ދިޔަ ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން އެންމެ ކުޑަކޮށް އަސަރުކޮށްފައިވަނީ ކަނޑުކުރި މަހުގެ އުފެއްދުންތަކާއި، ދަޅުގައި ބަންދުކޮށްގެން ވިއްކާ މަހުގެ އުފެއްދުންތަކަށްކަން މި ދިރާސާއިން ދައްކައެވެ.

ކޯވިޑް-19 އާއި ގުޅިގެން ޤައުމުތަކުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ގިނަ ޤައުމުތަކަކުން ދަނީ ފުރަބަންދުތައް ޤާއިމްކޮށް ޤައުމުގެ ބޯޑަރުތައް ބަންދުކުރަމުންނެވެ. މިއާ އެކު އެއްޤައުމުން އަނެއް ޤައުމަށް ތަކެތި އެކްސްޕޯޓުކުރުމުގައި ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!