މަސްވެރިކަމާއި ގުޅޭ

36056392-8982765-Slow_to_reproduce_megalodon_nurseries_likely_contributed_to_the_-a-34_1606238723678

ދުނިޔޭގައި އުޅުނު އެންމެ ބިޔަ މިޔަރު ކަމަށްވާ "މެގެލަޑާން ޝާކް"އާއި ގުޅޭ ޝައުގުވެރި އާ ހޯދުންތަކެއް!

މީގެ އެތަށް އަހަރުތަކެއް ކުރިން ދުނިޔޭގައި އުޅުނުކަމަށް ބުނާ މެގެލަޑާން ޝާކްއާއި ގުޅޭ އާ ހޯދުންތަކަކުން ދައްކައިފިއެވެ.

ކަނޑުގައި އުޅުނު އެންމެ ބޮޑު އަދި އެންމެ ބާރުގަދަ މިޔަރުގެ ބާވަތް ކަމަށްވާ މެގެލަޑާން ޝާކްއާ ގުޅޭގޮތުން މިފަހުން ހޯދިފައިވާ މައުލޫމާތުތަކުގައިވާގޮތުން މެގްލެޑާން ޝާކުތައް އެމީހުންގެ ކުދި ޝާކުތައް އާލާކޮށް ބޮޑުކުރުމަށްޓަކައި ނަރސަރީތަކުގެ ބޭނުން ހިފާފައިވެއެވެ.

އެގޮތުން މިފަދަ ފަސް ނާސަރީއެއް ހޯދާފައިވާއިރު، މިތަންތަނަކީ މީގެ 3.6 މިލިއަން އަހަރާއި 16 މިލިއަން އަހަރާއި ދެމެދުގެ އަހަރުތަކުގައި މެގެލެޑާން ޝާކުތައް ނާސަރީގެ ގޮތުގައި ބޭނުންކޮށްފައިވާ ތަންތަންކަމަށް ޔުނިވަރސިޓީ އޮފް ބްރިސްޓޮލް ރިސަރޗަރސްގެ ޓީމަކުން ކުރިއަށްގެންދިޔަ ދިރާސާތަކުން ދައްކައެވެ. މިކަމަށްޓަކައި އެ ޓީމުން ބޭނުންކޮށްފައިވަނީ ސައިންސްވެރިން ހޯދާފައިވާ މެގެލެޑާންގެ އަނގައިގެ ދަތްތަކެކެވެ.

މެގެލަޑާން ޝާކުގެ ބޮޑުމިން ދައްކައިދޭ ފޮޓޯ އެއް

މެގެލަޑާން ޝާކަކީ އެހާ ގިނަ އިން ދަރިން ވިހާ މިޔަރެއް ނޫނެވެ. އަދި ހެދިބޮޑުވުމަށްވެސް ގިނަ ދުވަސްތަކެއް ނަގައެވެ. މި ސަބަބަށްޓަކައި މެގެލާން ޝާކަށް ނާސަރީތައް ވަރަށް މުޙިއްމެވެ. މެގެލެޑާން ޝާކުތައް ދުނިޔެއިން ނެތި ދިޔުމަށްވެސް މިއީ ސަބަބެއް ކަމަށް ދިރާސާތައް ކުރިއަށްގެންދިޔަ ޓީމުން ދެކެއެވެ.

ސަބަބަކީ ނާސަރީއަކަށް ކަމުދާނެ ތަންތަން ހޯދުމަށް މެގެލަޑާން ޝާކަށް ދަތިވުމެވެ.

މި ދިރާސާ ކުރިއަށް ގެންދިޔަ ޓީމުންވަނީ މެގެލަޑާން ޝާކުގެ ދަތް އަދި ކަށި ފެނިފައިވާ ނުވަ ތަނެއްގައި ތަހްލީލްތައް ކުރިއަށްގެންގޮސްފައެވެ. އަދި މީގެ ތެރެއިން 5 ތަނަކީ ނާސަރީތަކެއް ކަމަށް އެ ޓީމުން ބުނެއެވެ. ސަބަބަކީ އެތަނުން ފެނިފައިވަނީ ކުދި މެގެލަޑާންގެ ދަތްތަކާއި ކަށިތަކަށްވުމެވެ.

މެގެލަޑާން ޝާކު ދުނިޔޭގައި އުޅުނުކަމަށް ލަފާ ކުރެވެނީ މީގެ 15.9 މިލިއަން އަހަރު ކުރިންނެވެ. މެގެލަޑާންގެ މާނައަކީ ބޮޑެތި ދަތްތަކެވެ. މެގެލަޑާން ޝާކަކީވެސް އެއަށް ދެވިފައިވާ ނަން ފަދައިން ބޮޑެތި ތޫނު ދަތްތަކެއް ލާފައިހުންނަ މިޔަރުގެ ބާވަތެކެވެ. ގާތްކަނޑަކަށް 544 ދަތް އެކުލެވޭ މި މިޔަރުގެ އެވްރެޖް އިސްކޮޅުގައި 60 ފޫޓު ހުންނަކަމަށް ދިރާސާކުރާ ފަރާތް ތަކުން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!