މަސްވެރިކަމާއި ގުޅޭ

kooddoo jetty

މިއަދު ކޫއްޑޫ ޖެޓީއަށް މަސް ނުގަންނާނެ!

ކޫއްޑޫ ޖެޓީއަށް މިއަދު މަސް ނުގަންނާނެކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ބުނީ ކޫއްޑޫ ޖެޓީއަށް މިއަދު މަސް ނުގަންނަ ގޮތަށް ނިންމީ އެރަށުގެ ކަރަންޓްގެ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން އާ ޖަނަރޭޓަރެއް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ. މުޅިން އަލަށް އިންސްޓޯލް ކުރާ މިޖަނަރޭޓަރުގެ ސަބަބުން ކޫއްޑުއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށާއި، މީގެސަބަބުން އަވަހަށް މަސް ގަނޑުކުރެވި، އައިސް ހެދުމުގައި އަވަސްވާނެކަމަށް މިފްކޯއިން ބުނެއެވެ. މިއަދު ހަވީރު ނުވަތަ މިރޭ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ނިމޭނެކަމަށް މިފްކޯއިން ބުނެއެވެ.

ކޫއްޑޫ ޖެޓީއަށް މަސް ނުގަނެވުނު ނަމަވެސް މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކޫއްޑުއާ ޖެހިގެން އޮތް ވިލިނގިލީ ބަނދަރުގައި މިފްކޯގެ 2 ބޯޓު މަސްކިރަން އޮންނާނެކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯގެ މަސްގަންނަ ދެ ބޯޓު ކަމަށްވާ ރަންދި-24، އަދި ރަންދި-25 މިއަދު މަސްގަންނާނީ ވިލިނގިލީ ބަނދަރުން ކަމަށް މިފްކޯގެ ޕޯޓް ޕްލޭން އިން ދައްކައެވެ. މިއިން ކޮންމެ ބޯޓަކަށް ކިރެނީ 27 ޓަނުގެ މަހެވެ.

ކޫއްޑޫ ޖެޓީއަކީ ދުވާލަކަށް 220 ޓަނުގެ މަސް ގަނެވޭ ބަނދަރެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!