މަސްވެރިކަމާއި ގުޅޭ

fuvahmuku-FAD

ފުވައްމުލަކު އިރުމަތިން ހަރުކޮށްފައިވާ ކަނދުފަތި ކަނޑައިގެން ގޮސްފި

ފުވައްމުލަކު އިރުމަތިން ހަރުކޮށްފައިވާ ކަނދުފަތި ކަނޑައިގެން ގޮސްފިއެވެ.

މިކަނދުފަތި ހަރުކޮށްފައިވަނީ ފުވައްމުލައްސިޓީގެ އިރުމައްޗާ ދިމާ ބޭރުން 10 މޭލު ބޭރުގައެވެ. މިކަނދުފައްޗަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ހަރުކުރި ކަނދުފައްޗެކެވެ. މި ކަނދުފަތީގެ ބޮއި ނަމްބަރަކީ 530 އެވެ.

ފުވައްމުލައްސިޓީގެ ބޭރުގައި އަޅާފައިވާ 3 ކަނދުފަތީގެ ތެރެއިން މިހާރު އޮތީ އެންމެ ކަނދުފައްޗެކެވެ. އެއީ ފުވައްމުލަކާ ދިމާ ބޭރުން އިރު ދެކުނުން 11.5 ނޯޓިކަލް މޭލު ބޭރުގައި އަޅާފައިވާ 529 ނަމްބަރު ކަނދުފައްޗެވެ.

ފުވައްމުލަކުގެ ހުޅަނގުން އަޅާފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ދިޔައީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. މިކަނދުފައްޗަކީ ފުވައްމުލައް ސިޓީގެ ހުޅަނގުން 15 ނޯޓިކަލް މޭލު ބޭރުން އަޅާފައިވާ 477 ނަމްބަރު ކަނދުފައްޗެވެ. މިއީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ހަރުކޮށްފައިވާ ކަނދުފައްޗެކެވެ.

ފުވައްމުލައް ސިޓީގެ ބޭރުން ކަނޑައިގެންދިޔަ ދެ ކަނދުފައްޗާއެކު ރާއްޖޭގެ ކަނދުފަތީގެ ވިއުގައިން ޖުމްލަ 4 ކަނދުފައްޗެއް މިހާރު ވަނީ ކަނޑައިގެން ގޮސްފައެވެ. އެއީ އައްޑޫސިޓީ ހިތަދޫ ބޭރުގައި އަޅާފައިވާ ކަނދުފައްޗާއި އދ. މާމިގިލީ ބޭރުން ކަނޑައިގެން ގޮސްފައިވާ ކަނދުފައްޗެވެ. މިކަނދުފަތިތައް ހަރުކުރުމުގެ މަަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!