މަސްވެރިކަމާއި ގުޅޭ

ޤަވާއިދާ ޚިލާފަށް ކަނދުފަތި ބޭނުންކޮށްގެންގެން ފިޔަވަޅު އެޅި ދޯންޏެއް
ޤަވާއިދާ ޚިލާފަށް ކަނދުފަތި ބޭނުންކޮށްގެންގެން ފިޔަވަޅު އެޅި ދޯންޏެއް

ޤަވާއިދާ ޚިލާފަށް ކަނދުފަތި ކައިރީ މަސްވެރިކަން ކުރި 2 ދޯންޏަކަށް ފިޔަވަޅު އަޅައިފި

ޤަވާއިދާ ޚިލާފަށް ކަނދުފަތި ކައިރީ މަސްވެރިކަންކުރި ދެ ދޯންޏެއްގެ ކެޔޮޅާއި އޮޑިވެރިޔާ ޖޫރިމަނާކޮށްފިއެވެ.

މިއީ މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން އޮޑިވެރިޔާއާއި ކެޔޮޅަށް ފިޔަވަޅުއެޅި ދެ ވަނަ ފަހަރެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ފިޔަޅަޅު އެޅި 2 ދޯންޏަކީ ގާފަރު ހާޑީ ކްރޫޒާއާއި ތުރާކުނު ޑޮލްޕިން ދޯންޏަށެވެ. މި ދެދޯންޏަށް ފިޔަވަޅު އެޅީ ކ. ހުރާގެ ބޭރުން ހަރުކޮށްފައިވާ ކަނދުފަތި ކައިރީގައި ރޯލު ދޫކޮށްގެން މަސްވެރިކަން ކުރުމުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މިގޮތުން މި ދެ ދޯނީގެ ކެޔޮޅާއި އޮޑިވެރިޔާ، މިއިން ކޮންމެ ފަރާތެއް ފަސްހާސް ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މި ދެދޯނި ކަނދުފަތިކައިރީ ރޯލުދޫކޮށްގެން މަސްވެރިކަން ކުރާ ފޮޓޯއާއި ވީޑިއޯ މަސްވެރިންތަކެއް އެ މިނިސްޓްރީއާއި ހިއްސާ ކުރުމުން އެކަން ބެލުމަށްފަހު އެކަމަށް ޖަވާބުދާރީ ވުމުގެ ފުރުޞަތު މި ދެ ދޯންޏަށްވެސް ދީފައިވާކަމަށެވެ. އަދި ފިޔަވަޅު އަޅާފައިވަނީ ޤަވާއިދާ ޚިލާފަށް ކަނދުފަތިކައިރީ މަސްވެރިކަން ކުރިކަން ސާބިތު ވުމުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ޤަވާއިދާ ޚިލާފަށް ކަނދުފަތި ބޭނުންކުރި އިތުރު ދޯނިތަކެއްގެ މައްސަލަ މިހާރުވެސް ބަލަމުން އަންނަކަމަށެވެ.

މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން ކަނދުފައްޗަށް ގެއްލުން ދިނުމާއި، ކަނދުފަތި ވަށައިގެން 3 މޭލު ސަރަހައްދުފައި ދިރޭ އެންޖަހައިގެން މަސްވެރިކަން ކުރުމާއި، ކަނދުފަތި ކައިރީގައި ވަދު ދެމުމާއި، ތާވަޅު އުކުންމާއި އަދި ކަނދުފަތީގައި ވާ އެއްސުމަކީ މަނާ ކަންކަމެވެ.

ކަނދުފައްޗެއް އެޅުމަށް ދެލައްކައަށްވުރެ ރުފިޔާ ހަރަދުވާއިރު، އާއްމުކޮށް މަސްވެރިންގެ ލާބައާއި މަންފާއަށް އަޅާފައިވާ ކަނދުފަތީގެ ވިއުގައަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތިއީ އާންމު ކަމެއް..ވަކިން ހާއްސަކޮއް މާލެ އަތޮޅު ހުރިހާ ކަނދެއްގަވެސް..ފިޝަރީޒުން ބެލޭވަރައްވުރެ ދުރީ
    ދޯނިފަހަރު އެކަންޏެއްނޫ ލޯންޗުފަހަރުވެސް ރީލު ދޮށި ހިފައިގެން ކަނދުތައް ވަށައިގެން ޠްޢާފުކުރަނީީ..

Comments are closed.