މަސްވެރިކަމާއި ގުޅޭ

breaking

ހޮރައިޒަން ފިޝަރީޒުން މަސްގަތުން ކޮންޓްރޯލް ކޮށްފި

ހޮރައިޒަން ފިޝަރީޒުން މަސްގަތުން ކޮންޓްރޯލް ކޮށްފިއެވެ.

ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްއިން ކޮށްފައިވާ އިއުލާނެއްގައި ވަނީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ ބޮޑެތި އަދަދުތަކުން މަސްބާނައިގެން ރާއްޖޭގެ އެކި ހިސާބުތަކުން ދޯނިފަހަރު މާންދުއަށް އައުމުގެ ސަބަބުން މާންދޫގެ މަސް ފިނިކުރެވޭ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެމުން އަންނަ ކަމަށެވެ. މިކަމުގެ ސަބަބުން ބައެއް ދޯނިފަހަރު މަސް ނުކިރާ ފޮނުވާލަން ޖެހޭކަމަށް ހޮރައިޒަން ފިޝަރީޒުން ބުނެއެވެ. މިކަން ހައްލުކޮށް ހުރިހާ ދޯންޏަކަށް މަސްކިރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން މަދާމާއިން ފެށިގެން އެކުންފުނިން މަސްގަންނާނީ ދޯންޏަކުން ގިނަވެގެން ކިރޭނީ 10 ޓަނުގެ މަސް ކަމަށް ހޮރައިޒަންއިން ބުނެއެވެ.

މިއަހަރުގެ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުވެސް ހޮރައިޒަން ފިޝަރީޒުން ވަނީ މަސްގަތުން ކޮންޓްރޯލްކޮށްފައެވެ. ހޮރައިޒަން އިން މަސްގަތުން ކޮންޓްރޯލް ކުރިއިރު ފެލިވަރުން މަސްކިރަނީ ނަމްބަރު ދޫކޮށްގެން ނަމްބަރު ތަރުތީބުންނެވެ. ނަމްބަރު ނަގައިގެން 5 ވަރަކަށް ދުވަހު މަސް ކިރަން ކިޔުގަ ތިބެންޖެހޭކަމަށް މަސްވެރިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!