މަސްވެރިކަމާއި ގުޅޭ

Image 2020-12-10 at 08.03.37

ބީކޭއެމްޔޫގެ އިފްތިތާހީ ޖަލްސާ މިއަދު 10 ޖަހާއިރު ކަންނެލި ދޯނިފަހަރުގައި!

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިފްތިތާހީ ޖަލްސާ މިއަދު 10 ޖަހާއިރު ކަންނެލި ދޯނިފަހަރުގައި ބާއްވަން އެ ޔޫނިއަނުން ނިންމައިއެވެ.

މި ޖަލްސާ އޮންނާނީ މާލޭ ސަރަހައްދުގެ ގުޅީ ފަޅުތެރޭގައެވެ. މިކަމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވެފައިވާކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެއެވެ. އެޔޫނިއަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިފްތިތާހީ ޖަލްސާ ލަސްވެފައިވަނީ ކޮވިޑްގެ ސަބަބުން ކަމަށެވެ.

"ބޮޑުކަންނެލި މަސްވެރިން ޔޫނިއަންގެ އިފްތިތާޚީ ޖަލްސާއާއި، ހިންގާ ކޮމެޓީ އިފްތިތާހުކުރުން ކޮވިޑް-19 ގެ ސަބަބުން ނުބޭއްވި ގިނަ ދުވަސްތަކެއް ވަމުން ދިއުމާއި، ޖަމްއިއްޔާގެ ހަޤީޤީ މަޤްސަދުގައި މަސައްކަތްތައް ކުރުމާއި، ހިންގުމާއި ގުޅިފައިވާ އެންމެހާ ދަތި އުނދަގޫތަކުގެ ސަބަބުން މެމްބަރުންގެ ކަންބޮޑުވުން އިތުރުވުމާއެކު ޖަމްއިއްޔާގެ އިފްތިތާޚީ ޖަލްސާ އަދި ހިންގާ ކޮމެޓީ އިންތިހާބު ކުރުމާއި، ހިންގާ ޤަވާއިދު ފާސްކުރުން މަސްވެރިންގެ ދުވަހު ބޭއްވުމަށް ނިންމާފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ." ބޮޑުކަންނެލި މަސްވެރިން ޔޫނިއަންގެ ބަޔާނުގައި ވެއެވެ.

މި ޖަލްސާއަށްފަހު ކަންނެލި ދޯނިފަހަރުން މާލެ ސަރަހައްދުގައި ދޯނި ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!