މަސްވެރިކަމާއި ގުޅޭ

guraidhoo

މިއަހަރުގެ މަސްވެރިންގެ ދުވަސް ތ. ގުރައިދޫގައި ކުލަ ގަދަކޮށް ފާހަގަކޮށްފި

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތ. ގުރައިދޫގައި ގިނަ ހަރަކާތްތެކެއް ކުރިއަށް ގެންގޮސްފިއެވެ.

މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ އެރަށު މަސްވެރިންގެ އަނބިންގެ ފަރާތުން މަސްވެރިންނަށްދިން ކެއުމެވެ.

މީގެއިތުން ގުރައިދޫ މަސްވެރިން ވަނީ އެރަށު ކުދިބޮޑު އެންމެންނަށް ވަރުގަދަ ސައެއް ދީފައެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގުރައިދޫ މަސް ދޯނިފަހަރުތަކުގެ މެދުގައި ކުޅޭ ފުޓްސަލް މުބާރާތް މިއަދު ވަނީ ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!