މަސްވެރިކަމާއި ގުޅޭ

_DSC2324

މާދަމައިން ފެށިގެން މަސްގަތުމުގެ ކޮންޓްރޯލް ދޫކޮށްލާނަން: ހޮރައިޒަން ފިޝަރީޒް

ހޮރައިޒަން ފިޝަރީޒުން މަސްގަތުން ކޮންޓްރޯލް ކުރި ކުރުން ދޫކޮށްލައިފިއެވެ.

އެކުންފުނިން ބުނީ މާދަމައިން ފެށިގެން ކުރިއެކޭ އެއްގޮތަށް އެއްވެސް ކޮންޓްރޯލެއް ނެތި މަސްގަންނާނެކަމަށެވެ.

ހޮރައިޒަން ފިޝަރީޒުން ބުނީ މިމަހުގެ 19 ވަނަ ދުވަހު މަސް ބަރުކުރާ ބޭރުގެ ކެރިއަރު ބޯޓު މާންދުއަށް އަންނާނެކަމަށެވެ. މި ބޯޓަކީ 2200 ޓަނުގެ ބޯޓެކެވެ.

މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެކުންފުނިން މަސް ގަންނަމުން ދިޔައީ ކޮންމެ ދުވަހަކު ދޯންޏަކުން ގިނަވެގެން 10 ޓަނުގެ މަހެވެ.

ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްއިން މަސްގަތުން ކޮންޓްރޯލް ކުރީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ ބޮޑެތި އަދަދުތަކުން މަސްބާނައިގެން ރާއްޖޭގެ އެކި ހިސާބުތަކުން ދޯނިފަހަރު މާންދުއަށް އައުމުގެ ސަބަބުން މާންދޫގެ މަސް ފިނިކުރެވޭ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެމުން އަންނަ ކަމަށް ބުނެއެވެ. އަދި މަސް ގަތުން ކޮންޓްރޯލް ކުރީ ހުރިހާ ދޯންޏަކަށް މަސްކިރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!