މަސްވެރިކަމާއި ގުޅޭ

ސަފީނާ، މިދޯންޏަކީ އާރުއެސްޑަބްލިޔު ސިސްޓަމް ބޭނުންކުރަމުންދާ ދޯންޏެއް
ސަފީނާ، މިދޯންޏަކީ އާރުއެސްޑަބްލިޔު ސިސްޓަމް ބޭނުންކުރަމުންދާ ދޯންޏެއް

ދޯނީގައި ހަރުކުރާ މަސް ފިނިކުރާ "އާރުއެސްޑަބްލިޔު" ސިސްޓަމުން ޑިއުޓީ މާފު ކޮށްފި

މަސްވެރިކަން ކުރާ އުޅަނދު ފަހަރުގައި ގާއިމްކުރާ ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް، ރެފްރިޖަރޭޝަން ސީ ވޯޓާ ސިސްޓަމް އިން އިމްޕޯޓް ޑިއުޓީ މާފުކޮށްދޭން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އާރު.އެސް.ޑަބްލިޔޫ.ސިސްޓަމުން ޑިއުޓީ މާފުކުރަން ބޭނުންވާ ފަރާތްތަކުން "ޑިއުޓީ މާފް ކުރުމަށް އެދޭ ފޯމް" އާއި އިންވޮއިސް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުމުން ޑިއުޓީ މާފްކޮށްދޭނެ ކަމަށެވެ.

ރެފްރިޖިރޭޝަން ސީ ވޯޓާ ސިސްޓަމްއަކީ ރާއްޖޭގެ މަސްވެރިން މަސްވެރިކަމަށް ނުކުންނަ ދަތުރުތަކުގައި އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މަސްވެރިކަން ކުރާ އުޅަނދުތަކުގައި ގާއިމްކުރަމުން އަންނަ ސިސްޓަމެކެވެ. މިހާރުވެސް ރާއްޖޭގެ ބައެއް މަސްދޯނި ފަހަރުގައި މި ސިސްޓަމް ބޭނުންކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!