މަސްވެރިކަމާއި ގުޅޭ

Salmon-Farm_Norway-e1544193913113-697x390

ކޮވިޑާއި އެކު ނޯވޭގެ ސީފުޑް ވިޔަފާރި ދަށަށް

ހުސްވިމަހު ނޯވޭއިން ސީފުޑުގެ ބާވަތްތައް އެކްސްޕޯޓުކޮށްގެން ލިބުުނު އާމްދަނީ ވަރަށް ބޮޑަށް ދަށަށް ހިގައްޖެއެވެ.

ނޯވޭއިން ހާމަކުރާގޮތުން މިއަހަރުގެ ނޮވެމްބަރުމަހު އެޤައުމުން އެކްސްޕޯޓުގެ ކުރި ސީފުޑުގެ ބާވަތްތަކުގެ އަގު ހުސްވި އަހަރުގެ ނޮވެމްބަރުމަހާ އަޅާ ބަލާއި 11 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ.

ނޯވޭގެ ސީފުޑް ކައުންސިލުން ހާމަކުރާގޮތުން އެޤައުމުން އެކްސްޕޯޓު ކުރާ ސީފުޑުގެ އަދަދު މަދުވެފައިވަނީ އެ ޤައުމުން މިބާވަތްތައް އެންމެ ގިނައިން އެކްސްޕޯޓުކުރާ ޔޫރަޕްގެ ޤައުމުތަކުގެ ރެސްޓޯރެންޓުތަކާއި ހޮޓާތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުންނެވެ. އަދި ނޯވޭގައިވެސް ބޮޑެތި ޕާޓީތަށް ބޭއްވުން މަދުވެފައިވުމުން ސީފުޑުގެ ވިޔަފާރި ދަށްވެފައިވާ ކަމަށެވެ.

ނޯވޭއަކީ ސެލްމަން މަސް ގިނަ އަދަދަކަށް އެކްސްޕޯޓުކުރާ ޤައުމެކެވެ. ހުސްވި އެޤައުމުން ވަނީ 108،000 ޓަނުގެ ސްލަމަން އެކްސްޕޯޓުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހާ އަޅާ ބަލާއިރު އެއް ޕަސަންޓުގެ އިތުރުވުމެކެވެ. އެހެން ނަމަވެސް މިއަދަދަށް ސެލްމަން އެކްސްޕޯޓުކޮށްގެން ލިބުނު އާމްދަނީވަނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 15 އިންސައްތަ ދަށަށް ގޮސްފައެވެ.

ސީފުޑް ކައުންސިލުން ހާމަކުރާގޮތުގައި އެހެން އަހަރުތަކާއި ހިލާފަތް މިއަހަރުގެ ކުރިސްމަސް ދުވަސްކޮޅު ރެސްޓޯރެންޓުތަކަށް ކާން ދާ މީހުން ކޮވިޑާއި ގުޅިގެން މަދުވެފައިވާ ކަމަށެވެ. މިއާ އެކު ސެލްމަންއަށް އިންނަ ޑިމާންޑުދަށްވެ އަގުވެސް ދަށަށް ގޮސްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!