މަސްވެރިކަމާއި ގުޅޭ

93895015-0179-41D5-86CE-DFFF31CD4DE4_cx0_cy10_cw0_w1023_r1_s

ކޮވިޑް-19 އާއި އެކު މަސް ބާނަން ދާ މީހުން އެމެރިކާގައި އިތުރުވެއްޖެ

ކޮވިޑް-19 އާއި އެކު މަސް ބާނަން ދާ މީހުން އެމެރިކާގައި އިތުރުވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ ރިކްރިއޭޝަނަލް ބޯޓިންގ އެންޑު ފިޝިންގ ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ މި ދިރާސާއިން ދައްކާގޮތުން ކޮވިޑް-19 އާއި އެކު މީހުން ހުސްވަގުތުތައް ހޭދަކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.

އެގޮތުން މީހުންނާއި އެކަހެރިވެ، ކުރެވޭ ކަހަލަ ކަންތައްތައް އޮންނަ ޝައުގުވެރިކަން އާއްމުންގެ ތެރޭގައި އިތުރުވެފައިވާ ކަމަށާއި، އެގޮތުން މަސް ބާންނަ ދާ މީހުންނާއި ކުދި ބޯޓުތަކުގައި ދުއްވާލަން ނިކުންނަ މީހުން އިތުރުވެފައިވާ ކަމަށެވެ.

ރިކްރިއޭޝަނަލް ބޯޓިންގ އެންޑު ފިޝިންގ ފައުންޑޭޝަނުން ހާމަކުރާގޮތުގައި މަސް ބާނަން އަދި ބޯޓު ދުއްވަން ދާ މީހުންގެ އަދަދު މިއަހަރުގެ ހޫނު މޫސުމުގައި މިލިއަނުން އިތުރުވެފައިވާ ކަމަށެވެ. އަދި މިހާ ގިނަ އަދަދެއްގެ މީހުން މި ހަރަކާތްތައް ޝައުގުވެރިކަން އުފެދިފައިމިވަނީ ކޮވިޑާއި ގުޅިގެން ޗުއްޓީއަށް ތަންތަނަށް ދިޔުމަށްވެސް ދަތިވެފައިވުމާއި، އާއިލާއާއި އެކު ގެއިން ބޭރުގައި ކޮށްލެވޭ މަޖާ ކަމަކަށް މިކަން ވުމެވެ.

އަދި ކުރިއަށް އޮތްތާގައިވެސް މަސް ބޭނުމާއި ބޯޓު ދުއްވުމުގައި އުޅޭނެ ކަމަށް ފިޝިންގ ފައުންޑޭޝަންގެ ދިރާގައި ބައިވެރިވި 90 އިންސައްތައަށް ވުރެ ފަރާތުން ބުނެފައިވާ ކަމަށް އެ ފަރާތުން ހާމަކުރެއެވެ.

މަސް ބާނަން ދާ މީހުންގެ އަދަދުތައް އިތުރުވަމުންދާއިރު، މަސް ބޭނުމާއި ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުވާ މީހުންވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މަސް ބާނާނެ ގޮތާއި ގުޅޭގޮތުން އޮންލައިންކޮށް މައުލޫމާތު ހޯދާފައިވާ މީހުންގެ އަދަދުވަނީ 300 އިންސައްތަ ވަނީ އިތުރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!