މަސްވެރިކަމާއި ގުޅޭ

gm-4f1522cc-23b1-42cc-ba58-4a2d9e5a1ac5-becksfish

ވިކްޓޯރިއާ ބެކަމް ކަނޑު މަސް ކާ މިންވަރު މަދުކޮށްފި

ހަށިގަނޑުގައި ސިއްޙަތަކަށް ނުރައްކާވާ މިންވަރަށް މަރކިއުރީ ހުރުމުގެ ސަބަބުން ވިކްޓޯރިއާ ބެކަމް ކަނޑު މަސް ކާ މިންވަރު މަދުކޮށްފިއެވެ.

ފުޓްބޯޅައިގެ ދާއިރާގައި މަޤްބޫލްކަން ހޯދާފައިވާ ޑޭވިޑް ބެކަމްގެ އަންހެނުން އަދި ކުރީގެ މަޝްރޫހު ސްޕައިސް ގަރލް ގުރޫޕުގައި ލަވަ ކިޔުންތެރިއަކަށް އުޅުނު ވިކްޓޯރިއާ ބެކަމް ބުނީ އޭނާ ކެއުމުގައި މާ ގިނައިން ކަނޑުމަހާއި ކޯރުމަސް ބޭނުންކުރަމުންދިޔުމުން ހަށިގަނޑަށް ނުރައްކާވާ މިންވަރަށް މަރކިއުރީ އިތުރުވެފައިވާ ކަމަށެވެ.

އުމުރުން 46 އަހަރުގެ ވިކްޓޯރިއާ ބެކަމް ބުނީ، މިހާރުވެސް އޭނާގެ ކެއުމުގައި މައިގަނޑުގޮތެއްގައި މަހުގެ ބާވަތްތައް ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް ބަދަލުތަކެއް މިހާރު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ސެލްމަން ކާ މިންވަރު އިތުރުކޮށް، ހިބަރު އަދި ރީނދޫ އަރަޙަ ކަންނެލި ފަދަ މަސް ތައް ކާ މިންވަރު މަދުކޮށްފައިވާ ކަމަށެވެ.

ސަބަބަކީ މި ބާވަތްތަކުގެ މަހުގެ މަރކިއުރީ ލެވަލް މަތިވުން ކަމަށް އޭނާ ބުނެއެވެ.

ވިކްޓޯރިއާ ވަނީ ދާދިފަހުން އޭނާގެ ކެއުންބުއިމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ސިއްޙަތަށް އެންމެ ފައިދާ ހުރި ކާނާގެ ބާވަތްތައް ކެއުމަށް އިސްކަން ދީ އެއްގަމު މަސް ކެއުންވަނީ ހުއްޓާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!