މަސްވެރިކަމާއި ގުޅޭ

Creit_OCean_ramsay_-828x428

މިއީ ދުނިޔެއިން މިހާތަނަށް ފެނުނު އެންމެ ބޮޑު ފެމުނު މިޔަރު

ދުނިޔެއިން މިހާތަނަށް ފެނުނު އެންމެ ބޮޑު ފެމުނު މިޔަރު ނުވަތަ ގްރޭޓް ވައިޓް ޝާކުގެ ދިގު މިނުގައި 20 ފޫޓު ހުރެއެވެ.

' ޑީޕް ބުލޫ'ގެ ނަން ދީފައިވާ އަންހެން މި ފެމުނު މިޔަރަށް މިހާރު 50 ހަކަށް އަހަރުވެދާނެ ކަމަށް ލަފާކުރެއެވެ. ޑީޕް ބުލޫގެ ބަރުދަނުގައި 2.5 ޓަނު ހުންނާނެ ކަމަށްވެސް މެރިން ބަޔޮލޮޖިސްޓުން ހާމަކުރެއެވެ.

ޑީޕް ބުލޫ އެންމެ ފުރަތަމަ ފެނިފައިވަނީ 1990 ގެ އަހަރުތަކުގެތެރޭގައެވެ. އެހެން ނަމަވެސް ޑީޕް ބުލޫގެ ވީޑިއޯއެއް ނެގިފައިވަނީ 2013 ވަނައަހަރުއެވެ.

އެގޮތުން ޑީޕް ބުލޫގެ ވީޑިއޯ އެންމެ ފުރަތަމަ ނަގާފައިވަނީ މެރިން ބަޔޮލޮޖިސްޓެއް ކަމަށްވާ މައުރީޗިއޯ ހޯޗޯސް ދިރާސާއެއް ކުރުމަށް ކަނޑު މައްޗަށް ނުކުމެ އުޅުމުގެ ތެރޭގައެވެ.

އޯޝަން ރެމްސީ ޑީޕް ބުލޫއާ އެކު

އަދި މިދިޔަ އަހަރުގެ ތެރޭގައިވަނީ އެހެން މެރިން ބަޔޮލޮޖިސްޓަކަށްވެސްވަނީ ޑީޕް ބުލޫ އާއި އެކު ފަތާލާ ވީޑިއޯ ނަގާލުމުގެ ފުރުސަތު ލިބިފައެވެ.

މެރިން ބަޔޮލޮޖިސްޓު އޯޝަން ރެމްސީ އަށް ޑީޕް ބުލޫ ފެނުނީ ހަވާއީ އާއި ކައިރި ސަރަޙައްދަކުންނެވެ.

މިޔަރުގެ އާއިލާގައި އެންމެ ސައިޒުން ބޮޑު ވަތްތަރުގެ މިޔަރަކީ ފެމުނު މިޔަރެވެ. ފެމުނު މިޔަރަކީ އެންމެ ނުރައްކާތެރި މިޔަރުގެ ބާވަތްތަކުގެ ތެރޭގައިވެސް ހިމެނޭ މިޔަރެކެވެ. ސައިޒުގެ ގޮތުންގެ ބިޔަ މި މިޔަރުތަކަކީ އިންސާނުންނަށްވެސް ހަމަލާދޭ މިޔަރެކެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!