މަސްވެރިކަމާއި ގުޅޭ

usfishingand

ނިމުނު އަހަރު އެމެރިކާގެ މަސްވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ ދަށަށް

މިދިޔަ އަހަރުގެ ފުރަތަމަ 7 މަސް ދުވަސްތެރޭ އެމެރިކާގެ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔަކަމަށް ރިޕޯޓަކުން ދައްކައިފިއެވެ.

އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑު އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަނުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ މިދިޔައަހަރު ފެށުނުއިރު، މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުންތަކެއް ލިބިގެން ދިޔަކަމަށެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރި އެބަލީގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތްވެސް ދަށަށްގޮސްފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ މާރޗުމަހުން ފެށިގެން މަސްވެރިކަމުނެ ލިބޭ އާއްމަދަނީ ދަށަށް ދާން ފަށާފައިވާ ކަމަށެވެ. އެގޮތުން މާރޗުމަހު އާމްދަނީ 19 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ޖުލައިމަހު މި އަދަދުވަނީ 45 އިންސައްތަ ދަށަށް ގޮސްފައެވެ.

މަސްވެރިކަމުގެ ސިނާއަތް ދަށަށް ދާން މެދުވެރިވި އެއް ސަބަބަކީ ކޯވިޑާއި ގުޅިގެން ރެސްޓޯރެންޓްތައް ބަންދުކުރުމެވެ. މަސްވެރިކަމުގެ ސިނާއަތް ދަށަށް ދާން މެދުވެރިވި އެއް ސަބަބަކީ ކޯވިޑާއި ގުޅިގެން ރެސްޓޯރެންޓްތައް ބަންދުކުރުމެވެ. މިއާއެކު މަސްވެރިންގެ އަތުން މަސްގަންނަ ފަރާތްތައް ވަރަށް ބޮޑަށް  ވަނީ ދަށަށް ގޮސްފައެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!