މަސްވެރިކަމާއި ގުޅޭ

MNDF LAUNCH ESCORT

ހަތް މީހުންނާއިއެކު މަހަށް ނުކުތް ލޯންޗެއް ދިޔަވުމުން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

އައްޑޫ ސިޓީ ހިތަދޫން ހަތް ދިވެހިންނާއެކު މަހަށް ފުރި ލޯންޗެއް ދިޔަވުމާއި ގުޅިގެން ސިފައިންގެ އެހީތެރިކަމާއެކު ލޯންޗް ހިތަދޫ ބަނދަރަށް ވައްދައިފިއެވެ.

"ބްލެކް ހީރޮން" ލޯންޗު ދިޔަވުމުގެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ހަވީރު 17:13 ހާއިރުއެވެ. އެވަގުތު ލޯންޗު އޮތީ ސ. ހިތަދޫއާ ދިމާ ބޭރު 7 މޭލުގައެވެ. މަސްވެރިން އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯންޗް ދިޔަވާން ފެއްޓީ، ލޯންޗު ދުއްވަމުން ދަނިކޮށް ލޯންޗުގެ ކުރީކޮޅުން 2 ފޫޓުވަރުގެ ތަންގަނޑެއް ފަޅާއިގެން ދިއުމުންނެވެ.

އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑްގެ ޓީމު ލޯންޗް އޮތް ސަރަހައްދަށް ދިޔައިރު ލޯންޗުގެ ފަޅުވެރިން ލައިފްޖެކެޓް އަޅައި، ބާލިދީ ބޭނުންކޮށްގެން ދިޔަހިއްކަމުން ދިޔަކަމަށް މަސްވެރިން އެމްވީ އަށް ވަނީ މައުލޫމާތުލިބިފައެވެ. އަދި ލޯންޗް ހިތަދޫއަށް ދިޔައީ މަޑުމަޑުން ދުއްވާފައެއެވެ.

މިހާދިސާގައި އެއްވެސް ފަޅުވެރިއަކަށް ގެއްލުމެއް ލިބިފައިނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!