މަސްވެރިކަމާއި ގުޅޭ

breaking

މާންދޫއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފި

މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން މަސްވެރިންނަށް އެކުންފުނިން ޑީސަލް ލިޓަރެއް ވިއްކާނީ 7 ރުފިޔާ 75 ލާރިއަށް ކަމަށެވެ. މިއީ ލީޓަރަކުން 46 ލާރީގެ ބޮޑުވުމެކެވެ. މީގެކުރިން އެކުންފުނިން މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކީ 7 ރުފިޔާ 29 ލާރިއަށެވެ.

މަސްވެރިން ނޫން ފަރާތްތަކަށް ޑީސަލް ލީޓަރެއް އެކުންފުނިން ވިއްކާނީ ކުރިންވެސް ވިއްކަމުން އައި އަގުކަމުގައިވާ 13 ރުފިޔާ 19 ލާރިއަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!