މަސްވެރިކަމާއި ގުޅޭ

0_Newsflash-FishThroat-01

ކޮލޮމްބިއާގެ މަސްވެރިއެއްގެ ކަރުގައި 7 އިންޗީގެ މަހެއް ތާށިވެ، އަވަސް ފަރުވާއަށް

ކޮލޮމްބިއާގެ މަސްވެރިއެއްގެ ކަރުގައި 7 އިންޗިގެ މަހެއް ތާށިވެގެން އެމަރޖެންސީގައި ފަރުވާންދޭން ޖެހިއްޖެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ 24 އަހަރުގެ ޒުވާން މަސްވެރިޔާ މަސް ބާނަން ކޯރެއްގައި ހުއްޓާ އޭނާ ފުރަތަމަ ހިފިމަސް ނަނުން ނެއްޓުމަށްފަހު އަނެއްކާވެސް އެހެން މަހެއް ނަނުގައި ގަތުމުން އަވަސްކޮށްލަން ފުރަތަމަ ހިފި މަސް އަނގަޔަށް ލުމުން ކަމަށް އޭނާ ބުނެއެވެ.

ދިރިދިރި އޮތް މަހެއް އަނގަޔަށް ލުމުން ސަލާމަތްވުމަށް މަސް ތެޅިގަތުމުން އޭނާގެ ކަރުގައި މަސް ތާށިވީއެވެ.

އޭނާ އަވަހަށް ހޮސްޕިޓަލަށް ދިޔައެވެ. އެހެން ނަމަވެސް ވެގެން އުޅޭ ގޮތެއް އޭނާއަކަށް ކިޔާ ނުދެވުނެވެ. ސިއްޙީ ޙިދުމަތްތެރިން އަވަހަށް އެކްސްރޭ ނަގާ ހެދުމުން އެނގުނީ އޭނާގެ ކަރުގައި އެއްޗެއް ތާށިވެފައިވާކަމެވެ. ކަރުގައި ތާށިވެފައިވަނީ ކޮން އެއްޗެއް ކަމެއް އޭރު ޑޮކްޓަރުންނަކަށް ނޭނގެއެވެ.

ކަރުގައި ތާށިވެފައި އޮތް އެތި ނެގި އިރު އެއީ 18 ސެންޓިމީޓަރުގެ މަހެކެވެ.

މަސްވެރިޔާގެ ނަސީބު ރަނގަޅު ކަމުން އޭނާއަށް މާކަބޮޑު އަނިޔާއެއް މިކަމުން ވެފައެވެ ނުވެއެވެ. ހޮސްޕިޓަލުންވެސް އޭނާ މިހާރުވަނީ ދޫކޮށްލާފައެވެ.

އޭނާގެ ކަރުގައި ތާށިވެފައިވަނީ މޮޖައްރާ އާއިލާގެ މަހެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!