މަސްވެރިކަމާއި ގުޅޭ

fuvahmuku-FAD

ޚިޔާލު ތަފާތުވެ ދިއްތުނޑީ ކަނދުފަތި ހަރުނުކުރެވި 8 މަސް!

ދިއްތުނޑީ ކަނދުފަތި ހަރުކުރުމުގައި ކޮޅުފުށީ މަސްވެރިންނާއި، ތ. ވިލުފުށީ މަސްވެރިންގެ މެދުގައި ޚިޔާލުތަފާތުވެ، އެ ކަނދުފަތި ހަރުނުކުރެވި 8 މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

މަސްވެރިން އެމްވީއަށް މައުލޫމާތު ދެމުން މ. ކޮޅުފުށީ މަސްވެރިއަކު ބުނީ ދިއްތުނޑީ ކަނދުފަތި އަޅައިދިނުމަށް ތަކުރާރުކޮށް މިނިސްޓްރީގައި އެދިފައިވާނެކަމަށެވެ. އެހެންނަމަވެސް، މިހާ ގިނަދުވަސް ވެގެން މިދަނީ ތ. ވިލުފުއްޓާއި ކައިރިވާގޮތަށް އެ ކަނދުފަތި ހަރުކުރުމަށް ވިލުފުށީ މަސްވެރިންނާއި ބައެއް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރަމުންދާތީކަމަށް މަސްވެރިއާ ބުނެއެވެ. މަސްވެރިޔާ އިތުރަށް ބުނީ ދިއްތުނޑީ ކަނދުފައްޗަކީ އެންމެ ފުރަތަމަވެސް ދިއްތުނޑިއާއި ހައެއްކަ މޭލުގައި ހަރުކުރެވުނު ބޮއެއް ކަމަށާއި، އެހެންކަމުން އެއީ މ. ކޮޅުފުއްޓާއި ދިއްފުށީގެ މަސްވެރިންނަށް ވަރަށް މުހިންމު ބޮއެއް ކަމަށެވެ. ނަމަވެސް، މިއަދު ދިމާވެގެން މިއުޅޭ މައްސަލައަކީ ބައެއް ސިޔާސީ ފަރާތްތަކުން ތ. ވިލުފުއްޓާއި ކައިރީގައި އަޅަން މަސައްކަތްކުރުން ކަމަށް އޭނޭ ބުނެއެވެ.

ދިއްތުނޑީ ކަނދުފަތި ހަރުކުމުގައި ކޮޅުފުށީގެ މަސްވެރިންނާއި، ވިލުފުށީގެ މަސްވެރިންގެ ޚިޔާލުތަަފާތުވެ، އެ ކަނދުފަތި ހަރުކުރުމުގައި ވަކިގޮތެއް ނިމިފައި ނުވާކަމަށް ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދުވެސް ވަނީ ވިދާޅުވެފައެވެ. ޒިޔާދު ވިދާޅުވި ގޮތުގައި އަދިވެސް މިނިސްޓްރީއިން ދަނީ އެ ސަރަހައްދުގެ މަސްވެރިންނާއި މަޝްވަރާކޮށް ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ.

މ. ކޮޅުފުށިން މަސްވެރިން އެމްވީއަށް މައުލޫމާތު ހިއްސާކުރި މަސްވެރިން އެދެނީ ދިއްތުނޑީ ކަނދުފަތި ކުރިންވެސް އޮތް ސަރަހައްދުގައި އަޅައިދިނުމުވެ. އެއީ ދިއްތުނޑީ ކަނޑުއޮޅިން ބޭރަށް 16 ވަރަކަށް މޭލު ބޭރުގައެވެ. އެހެންނަމަވެސް، ވިލުފުށީ މަސްވެރިން ބޭނުންވަނީ އެންމެފަހުން އެ ކަނދުފަތި ހަރުކުރި ހިސާބު، 10 މޭލުގައި އެ ކަނދުފަތި ހަރުކުރަން ކަމަށް މަސްވެރިން މައުލޫމާތުދެއެވެ.\

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!