މަސްވެރިކަމާއި ގުޅޭ

އެންސިސްގެ ކާރުހާނާތަކުގައި މަސް ކަނޑަނީ. ފޮޓޯ: އެންސިސް
އެންސިސްގެ ކާރުހާނާތަކުގައި މަސް ކަނޑަނީ. ފޮޓޯ: އެންސިސް

ބޭނުންވާ "ރަނގަޅު ކޮލިޓީ"ގައި ލިބެނީ އެންމެ 15 ޕަސެންޓް ކަންނެލި: އެންސިސް

އެންސިސްއަށް ގަންނަ ކަންނެލީގެ ތެރެއިން ކުންފުނިން ބޭނުންވާ "ރަނގަޅު ކޮލިޓީ"ގައި ލިބެނީ އެންމެ 15 ޕަސެންޓް ކަންނެލި ކަމަށް އެކުންފުނިން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީއާއި ރާއްޖެޓީވީ ގުޅިގެން ކުރިއަށްގެންދާ މަސްވެރިންގެ ސައްލާ ޕްރޮގްރާމްގައި އެންސިސްގެ ފަރާތުން ވާހަކަދެއްކެވި އަލީ އަހުމަދު ވިދާޅުވީ، ކަންނެލީގެ ކޮލިޓީ ދަށްވަނީ ކަންނެލި ބޭނުމަށްފަހު ކަންނެލި ގެންގުޅެވޭ ގޮތުން ކަމަށެވެ.

"މަސްގެންގުޅެވޭ ގޮތުން ބޮޑުކަންނެލީގެ ކޮލިޓީއަށްވެސް ތަފާތު އަންނާނެ. ބާނާއިރު ކޮލިޓީ ކަނޑައެޅިފަ އިންނާނެކަމަށް އަަޅުގަނޑު ގަބޫލެއް ނުކުރަން. ބޮޑުކަންނެެއްޔަށް ބަލާއިރު އަޅުގަނޑުމެން ޓާގެޓް ކުރާ ކޮލިޓީއަށް ލިބެނީ އެންމެ 15 ޕަސެންޓް ކަންނެލި. މިހާރު މި ގަންނަ މަސް ކަމުނުދާ ވާހަކައެއް ނޫން މި ދަންނަވަނީ. އަޅުގަނޑުމެންގެ މި މަސައްކަތް ކުރަނީ ޓޮޕް ކޮލިޓީގެ މަސް ގަންނަން. އަޅުގަނޑުމެން މި ގަންނަ ކަންނެއްޔަކީ އެއްވެސް ބިރެއްނެތި ކެއުމަށް އެކަށީގެންވާ ރަނގަޅު ކޮލިޓީގެ ކަންނެލި. އެކަމަކު މީގެތެރެއިން 15 ޕަސެންޓަކީ ޓޮޕް ކޮލިޓީ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ މީތި އިތުރުކުރަން". އަލީ އަޙުމަދު ވިދާޅުވިއެވެ. 

ރާއްޖެއިން ބޭރުގެ މާރކެޓްތަކުން ކަންނެލި ގަންނައިރު ކޮލިޓީ ބަލާ ކަމަށާއި ރަނގަޅު އަގުގައި ވިއްކާލެވެނީ އޭ ގްރޭޑް ކަންނެލިކަމަށް އެންސިސްއިން ބުނެއެވެ. އޭ ކޮލިޓީގެ ކަންނެލި ބޭރުކުރަނީ ތާޒާ މަހުގެ ގޮތުގައި ކަމަށާއި ނަމަވެސް އޭ ގްރޭޑް ނޫން ގިނަ ކަންނެލި ބޭރުކުރަނީ ގަނޑުކުރި މަހުގެ ގޮތުގައިކަމަށް އެންސިންއިން ބުނެއެވެ. މީގެސަބަަބުން ކަންނެލީގެ އަގު ވަރަށް ބޮޑުުތަން ދަށްވާކަމަށް އެކުންފުނިން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!