މަސްވެރިކަމާއި ގުޅޭ

ECGSvGGUcAYoMzN

މަސްދޯންޏެއްގެ ތެރޭގައި 2 ބިދޭސީއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެކަކު ޒަހަމްކޮށްލައިފި

މަސްދޯންޏެއްގެ ތެރޭގައި ދެ ބިދޭސީއަކު ރޭ މާރާމާރީ ހިންގާ، އެކަކު ޒަމަހްކޮށްލައިފިއެވެ.

ފުލުހުން ބުނީ އެންދަމަން އޮތް ދޯންޏެއްގައި ދެ ބިދޭސީ އެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ރޭ 03:50 ހާއިރު ކަމަށެވެ. މި މާރާމާރީގައި ޒަހަމްވި މީހާއަށް ތ. ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ އާ ގުޅިގެން ބަންގްލަދޭޝްގެ 42 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގީ ތ. އަތޮޅު މަސްދޯންޏެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!