މަސްވެރިކަމާއި ގުޅޭ

EiNliMvVoAALImw

ފުވައްމުލަކުން މަހަށް ނިކުތް ޑިންގީއެއް ގެއްލިގެން ހޯދަނީ!

ފުވައްމުލަކުން ފޭ ފަތިހު މަހަށް ނިކުތް ޑިންގީއެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްމްއެންޑީއެފް އިން ބުނީ ރޭ ފަތިހު 04:30 ހާއިރު މަހަށް ނިކުތް ޑިންގީއެއްގެ ޚަބަރެއް ނުވެގެން އެޑިންގީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުން ކުރަމުންދާ ކަމަށެވެ. މި ޑިންގީގެ ހަބަރެއް ނުވެގެން މިކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް އެންގީ ޑިންގީން މަހަށް ދިޔަ މީހެއްގެ އާއިލާގެ މީހެއް މިއަދު 10:40 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ޑިންގީ ހޯދުމުގެ މަސައްކަތް އެމްއެމްޑީއެފް ހެލިކޮޕްޓަރާއި ކޯސްޓްގާޑް ނޫރައްދީން ބޭނުންކޮށްގެން ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޑިންގީގައި ތިބި މީހުންގެ އަދަދު އަދި ސާފުނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!