މަސްވެރިކަމާއި ގުޅޭ

ކޫއްޑޫ ޖެޓީގައި މަސްދޯންޏެއް ތެޔޮއަޅަން ކައިރިކޮށްފައި - ފޮޓޯ: މަސްވެރިން އެމްވީ
ކޫއްޑޫ ޖެޓީގައި މަސްދޯންޏެއް ތެޔޮއަޅަން ކައިރިކޮށްފައި - ފޮޓޯ: މަސްވެރިން އެމްވީ

މަސް ކިރުވަން މީގެފަހުން، ކޫއްޑޫއަށް އަރަންވާނީ އެންމެ މަސްވެރިއެއް: ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މަސް ކިރުވުމަށް މީގެފަހުން، ކޫއްޑޫއަށް އަރަންވާނީ އެންމެ މަސްވެރިއެއް ކަމަށް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ހާމަކޮށްފިއެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވަނީ މަސް ކިރުވުމުގައި އަމަލުކުރަމުން އައި ގޮތަށް ބަދަލުތަކެއް ގެނެސްފައިމިވަނީ ދެކުނުގެ ގިނަ ރަށްތަކުން ކޮވިޑް-19އަށް މީހުން ޕޮޒިޓިވްވެ ގިނަ ރަށްތަކެއް މޮނިޓަރިންގަށް ލާފައިވުމުން ކަމަށެވެ.

އަދި މިފަދަ ހާލަތެއްގައި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން މީހުންނާއި ދިމާވާ މިންވަރު މަދުކޮށް، 'ބަބުލް' ކުޑަ ކުރުމަށްޓަކައި ހުރިހާ މަސްވެރިންވެސް ފަރުދީ ޒިންމާ އަދާކޮށް، އެޗްޕީއޭގެ ގައިޑް ލައިން ތަކާއި އެއްގޮތަށް އަމަލުކުރުމާއި އެކު މަސް ކިރުވުމަށް ކޫއްޑޫ ޖެޓީ އަދި ބޯޓު ފަހަރުތަކަށް ކައިރި ކުރާ ދޯނި ފަހަރުން މަސް ކިރުވުމަށް ބޯޓުތައް ނޫނީ ކޫއްޑޫއަށް އަރަންވާނީ އެންމެ މަސްވެރިއެއް ކަމަށް ކޫއްޑޫއިން ހާމަކުރެއެވެ.

އަދި ކޫއްޑޫއަށް ނުވަތަ ބޯޓަށް އަރާ މަސްވެރިޔާ ހުންނަންވާނީ މާސްކު އަޅައިގެން، ސައިބޯނި ލައިގެން އަތްވެސް ދޮވެގެން ކަމަށްވެސް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ހާމަކުރެއެވެ.

އަދި މޮނިޓަރިންގައި އޮތް ރަށަކުން މަހަށްފުރާ ދޯނިފަހަރުތަކުން ކޫއްޑޫ ޖެޓީއަށް ނޫނީ ބޯޓަށް ދޯނީގެ މަސްވެރިން ނޭރުމަށްސްވެސް ކޫއްޑޫއިން ވަނީ އަންގާފައެވެ.

އަދި މިހާލަތުގައި މަސްވެރިން ކޫއްޑޫ ފިހާރަ އާއި ރަށުތެރެއަށް އަރާ އުޅުމަކީ އެންމެ ރަނގަޅު ކަމަކަށް ނުވާތީ އެއްވެސް ދޯންޏަކުން މަސްވެރިން ކޫއްޑޫއަށް ނޭރުމަށްވެސް ވަނީ އަންގާފައެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިންވަނީ މިފަދަ ހާލަތްތަކުގައި މަސްވެރިންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!