މަސްވެރިކަމާއި ގުޅޭ

އަތުލައިގަތް މަސްބޯޓު- ފޮޓޯ- ފިޝަރީޒް މިނިސްޓްރީ
އަތުލައިގަތް މަސްބޯޓު- ފޮޓޯ- ފިޝަރީޒް މިނިސްޓްރީ

ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި ބޭރުގެ މަސް ބޯޓު 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި ބޭރުގެ މަސް ބޯޓެއްގެ ވެރިފަރާތް 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ، މިދިޔަ ޖޫންމަހުގެ 20 ވަނަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ޤަވާއިދާ ޚިލާފަށްވަދެ، މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަތް މި ބޯޓުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވަނީ ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އެ މިނިސްޓްރީއަށް ލިބިގެންވާ ބާރުގެ ދަށުންކަމަށެވެ.

&

ޖޫރިމަނާކޮށްފައިމިވަނީ މިދިޔަމަހުގެ 22 ވަނަ ދުވަހު އަތުލައިގަތް މަސް ބޯޓެކެވެ.

އެމްއެންޑީއެފް އަށް މި މަސްބޯޓު ރާއްޖޭގެ ކަނޑު ސަރަޙައްދުން ފެނިގެން ރިޕޯޓްކޮށްފައިވަނީ މސްވެރިކަން ކުރަން އުޅުން "ސީލައިން-03" ނަމަކަށްކިޔާ ދޯންޏަކުންނެވެ. އަދި މި މަސް ބޯޓު ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި، މި ބޯޓު ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ، ލ.އަތޮޅުގެ އިރުން 139 ނޯޓިކަލް މޭލު ބޭރުންކަމަށާ، މި ބޯޓު ކޯސްޓްގާޑްގެ ބެލުމުގެދަށަށް ގެންދިޔައިރު ބޯޓުގައި ފަސް ފަޅުވެރިން ތިބިކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. ނަމަވެސް މިއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!