މަސްވެރިކަމާއި ގުޅޭ

240016144_570900530760990_7673858309417190796_n

ބާނާފައިވާ މަހުގެ ރެކޯޑްތަށް ހިއްސާކުރުމުގައި އޮޅުވާލާފައިވާތީ އެމެރިކާގެ މަސްވެރިއެއް އެއްމިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޭނިމަހުގެ ރެކޯޑްތަށް ވުޒާރާތަކާއި ހިއްސާކުރުމުގައި އޮޅުވާލާފައިވާތީ އެމެރިކާގެ މަސްވެރިއެއް އެއްމިލިއަން ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

ޖޫރިމާނާގެ އިތުރުން އޭނާއަށްވަނީ 6 މަސްދުވަހުގެ ޖަލު ހުކުމެއްވެސް ކޮށްފައެވެ. އެމެރިކާގެ އަލަސްކާއަށް ނިސްބަތްވާ ޖޭމްސް އޭރޯން ސްޓީވަންސް އަށް ހުކުމްކޮށްފައިވަނީ މަސް ބާނާފައިވާ އަދަދާއި މަސް ބޭނި ހިސާބުތަކުގެ އަދަދުތަށް ނުބައިކޮށް ދީފައިވުމުންނެވެ.

ވުޒާރާތަކާއި ހިއްސާ ކުރާ މައުލޫމާތުތަކުގެ އިތުރުން ސްޓީވަން ދިޔައީ އޭނާގެ ބޯޓުތަކުން މަސްބާނަމުން ދިޔަ އަސްލު އަދަދުތަށް ވަކިން އެހެން ފޮތެއްގައި ރެކޯޑް ކުރަމުންނެވެ.

އެގޮތުން 2014އިން 2017އާ ހަމައަށް އޭނާކޮށްފައިވާ މަސްވެރިކަމުގެ 26 ދަތުރެއްގައި މަސްވެރިކަމާއި ގުޅޭ މައުލޫމާތުތަކުގެ ރެކޯޑް ނުބައިކޮށް ދީފައިވުމުންނެވެ. ސްޓީވަންސްއަށް ހުކުމް އައިސްފައިވަނީ އޭނާއަކީ އެފް/ވީ ސަދާން ސީސް އަދި އެފް/ވީ އެލަސްކާ ސްޓާރ ގެ ވެރިއާއަކީ އޭނާ ކަމުގައިވާތީއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!