މަސްވެރިކަމާއި ގުޅޭ

C2117710-878F-46C6-8A30-DCADD53455C5

ކަނޑުމަހަށް އޮންނަ ޑިމާންޑު 2050 ވަނަ އަހަރު އަންނަން ވާއިރަށް ދެ ގުނައަށް އިތުރުވެގެންދާނެ: ދިރާސާ

ކަނޑުމަހަށް އޮންނަ ޑިމާންޑު 2050 ވަނަ އަހަރު އަންނަ އިރު ދެ ގުނައަށް އިތުރުވެގެންދާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އެމެރިކާގެ ސްޓޭންފޯޑް ޔުނިވަރސިޓީގެ ފަރާތުން ކުރިއަށް ގެންދިޔަ މި ދިރާސާއިން ދައްކާގޮތުން މަހަށް އޮންނަ ޑިމާންޑު އިތުރުވުމުގައި ދުނިޔޭގެ އާބާދީ އިތުރުުވުމާއި މަހަށް އޮންނަ މަޤްބޫލްކަން އިތުރުވުމުން ހިމެނެއެވެ.
1998 އަކުން ފެށިގެން މިހާތަނަށްވެސް މަހަށް އޮންނަ ޑިމާންޑްވަނީ ދެގުނައަށް އިތުރުވެފައެވެ. އަދި 2050 ވަނަ އަހަރު އަންނަވާއިރަށް އަނެއްކާވެސް ދެގުނައަށް ޑިމާންޑު އިތުރުވާނެ ކަމަށް ލަފާކޮށްފައިޥާ އިރު، މިއީ ރަނގަޅު ބަދަލަކަށް ވެގެންދާނެ ތޯ ނުވަތަ ނޫން ތޯ ބިނާވާނީ ޑިމާންޑު އުފުލިގެންދާ މަހުގެ ބާވަތަށެވެ.
ބައެއް ޤައުމުތަކުން މިހާރުވެސް ދަނީ މަހުގެ ޑިމާންޑަށް އަންނާނެ ކަމަށް ލަފާ ކުރެވޭ ބަދަލުތަކަށް ތައްޔާރުވަމުންނެވެ. އެގޮތުން އެޤައުމުގައި އޮންނަ ޑިމާންޑާއި އެއްވަރަށް ބާޒާރަށް މަސް ސަޕްލައި ކުރެވޭތޯ އެކުއަކަލްޗަރ ފާމްތަށްވަނީ ތައްޔާރުކޮށްފައެވެ.
ދުނިޔޭގައި ކަނޑުމަހަށް އޮތް ޑިމާންޑު އެންމެ ބޮޑަށް އުފުލިގެންދާނެ ކަމަށް ބެލެވެނީ ޗައިނާގައެވެ. އެގޮތުން 2015ވަނަ އަހަރު 50 މިލިއަން ޓަނުގެ މަސް އެޤައުމުގައި ކެއުމަށް ބޭނުންކުރާއިރު، 2050ވަނަ އަހަރު އަންނަ އިރު މި އަދަދު 100 މިލިއަން ޓަނަށް އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ޗައިނާގެ އިތުރުން މަހަށް އޮތް ޑިމާންޑު އެންމެ ބޮޑަށް އުފުލިގެންދާނެ ކަމަށް ލަފާކުރެވޭ ޤައުމުތަކަކީ ބްރެޒިލް، ގާނާ، އިންޑިއާ، މެކްސިކޯ އަދި ނައިޖީރިއާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!