މަސްވެރިކަމާއި ގުޅޭ

މިފްކޯގެ މުވައްޒަފުން ދިވެހި ޤައުމީ ޓީމާއެކު/؛ ފޮޓޯ: މިފްކޯ
މިފްކޯގެ މުވައްޒަފުން ދިވެހި ޤައުމީ ޓީމާއެކު/؛ ފޮޓޯ: މިފްކޯ

މިފްކޯވެސް ޤައުމީ ފުޓްބޯޅަ ޓީމާއެކު

ރާއްޖޭގެ އެންމެ ފުޅާކޮށް މަހުގެ ވިޔަފާރިކުރާ ރައްޔިތުންގެ މަސްކުންފުނި މިފްކޯގެ މުވައްޒަފުން ޤައުމީ ފުޓްބޯޅަ ޓީމާއެކު ތިބިކަން ހާމަކޮށްފިއެވެ.

މިހާރު ކުރިއަށްދާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޤައުމީ ޓީމަށް އޮތް ލޯތްބާ ސަޕޯޓް ދިވެހިން ގެންދަނީ ހާމަކޮށްދެމުންނެވެ. ދަނޑުންނާއި ދަނޑު ބޭރުންވެސް ރައްޔިތުންތިބީ ޤައުމީ ޓީމާއެކުގައި ކަން ހާމަކޮށްދެއެވެ. މިގޮތުން މިފްކޯގެ މުވައްޒަފުން މިއަދު މަސައްކަތަށް ނުކުތީ މިފްކޯގެ މުވައްޒަފުން ތިބީ ޤައުމީ ޓީމާއެކުގައި ކަން އަންގައިދޭ ޓީޝާޓާއެކުގައެވެ. މިކަމުގައި މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީވެސް ބައިވެރިވިއެވެ.

ސާފްޗެމްޕިއަންޝިޕްގައި މާދަމާރޭ ދިވެހިރާއްޖެ ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ބަންގްލަދޭޝް މިހާތަނަށް ކުޅުނު ދެ މެޗުން 4 ޕޮއިންޓް ހޯދާފައިވާއިރު ރާއްޖެ ކުޅުނު މެޗުން ވަނީ ނޭޕާލް އަތުން ބަލިވެފައެވެ. މާދަމާ ރޭގެ މެޗަކީ ރާއްޖެ ކުޅޭ 2 ވަނަ މެޗެވެ. މި މެޗަކީ މިހާތަނަށް މި މުބާރާތުގައި ކުޅޭނެ އެންމެ ފޯރި ގަދަ މެޗްކަމަށް ބެލެވެއެވެ. އެއީ މުބާރާތުގައި ރާއްޖެއަށް ކުރިއަށް ދެވެން އޮތީ މި މެޗް ކާމިޔާބުކޮށްގެން ކަމަށް ވާތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!