މަސްވެރިކަމާއި ގުޅޭ

87A6F9E0-AD5C-4B86-8E5A-21B7B59CBFC1

ކޮށީގައި ބޯވަ އާލާކުރުން ހުއްޓުވުމަށް ޖަމިއްޔާއަކުން މަސައްކަތް ފަށައިފި

ކޮށީގައި ބޯވަ އާލާކުރުމުގެ މަސައްކަތް ކުރާ ފަރާތްތަށް ހުއްޓުވުމަށް މަދަނީ ޖަމިއްޔާއެއް ކަމަށްވާ ކޮމްޕެޝަން ފޮރ ވޯލްޑް ފާމިން އިން ޤައުމުތަކަށް ގޮވާލައިފިއެވެ.
މި ޖަމިއްޔާއިން މިކަމާއި ގުޅޭ ރިޕޯޓެއް ނެރެފައިވާއިރު، އެ ރިޕޯޓުގައިވާގޮތުން ދުނިޔޭގެ ބޯވައަށް އޮންނަ މަޤްބޫލްކަން އިތުރުވެފައިވާއިރު، ބޯވަ އެންމެ ގިނަ އަދަދަށް ބޭނުންކުރަނީ އޭޝިއާގެ ޤައުމުތަކުގައެވެ. ދެވަނަ އަށް ޔޫރަޕްގެ ޤައުމުތަކުގައެވެ.
އެގޮތުން ޔޫރަޕްގެ ޤައުމުތަކުގެތެރެއިން ކެއުމަށް ބޯވަ އެއްމެ ގިނަ އަދަދަކަށް ބޭނުންކުރަނީ އިޓަލީގައެވެ. އަހަރެއްގެތެރޭ 60000 ޓަނުގެ ބޯވަ އެޤައުމުގައި ކެއުމަށް ބޭނުންކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ރިޕޯޓުގައިވާގޮތުން އެންމެ ގިނަ އަދަދަކަށް ބޯވަ ހިފަނީ އޭޝިގަ އާއި މެޑިޓުރޭނިއަންގެ ކަނޑުގެ ސަރަޙައްދުތަކުންނެވެ. ބޯވަ އަށް އޮންނަ ޑިމާންޑު ބޮޑުވެފައިވާ އިރު، ޑިމާންޑާއި އެއްވަރަށް ދުނިޔޭގެ ބާޒާރުން ބޯވަ ނުލިބޭތީ ބޯވަ އާލާ ކުރުމުގައި ހުރި ފުރުސަތުތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ބައެއް ޤައުމުތަކުން ވަނީ ފަށާފައެވެ.
އެގޮތުން ސްޕެއިން، މެކްސިކޯ، ޖަޕާން އަދި އެމެރިކާގައި މި މަސައްކަތް ފެށުމަށް އެކަމާއި ގުޅޭ ދިރާސާތަށް ވަނީ ފަށާފައެވެ. އެޤައުމުތަކުގެ އަމާޒަކީ 2023ގައި ބޯވަ އާލާކުރުމުގެ އަމަލީ މަސައްކަތް ފަށާ، ބާޒާރަށް ބޯވަ ނެރެވޭ ވަރު ކުރުން ކަމަށް ކޮމްޕެޝަން ފޮރ ވޯލްޑް ފާމިންއިން ހާމަކުރެއެވެ.
އެހެން ނަމަވެސް ބޯވައަކީ ވިސްނުން ތޫނު، ވަކިން ދިރިއުޅޭ އެއްޗެއް ކަަމަށްވާއިރު، މިއީ ކޮށީގައި އާލާ ކުރެވިދާނެ ބާވަތެއް ކަމަށް ކޮމްޕެޝަން ފޮރ ވޯލްޑް ޕާމިންގުން ނުދެކެއެވެ.

އަދި އެފަދަ މާހައުލެއްގައި ބޯވައިގެ އަސްލު އޮޅިދާނެ ކަމަށާއި، ގިނަ އަދަދެއް މަސް ކެއުމަށް ބޯވަތަށް ބޭނުންވާއިރު، އެ އަދަދަކަށް މަސް ހޯދައިދިނުން ވެގެންދާނީ އޭގެ ސަބަބުން ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރުތަށް ކުރާނެ ކަމެއް ކަން އެ ޖިމިއްޔާއިން ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ.
ކޮމްޕެޝަން ފޮރ ވޯލްޑް ފާމިންގުންވަނީ ބޯވަ އާލާ ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ޤައުމުތަކުގެ ސަރުކާރުންތަކަށް އެކަން ހުއްޓުވައި ދިނުމަށް އެދި ސިޓީތަށް ފޮނުވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!