މަސްވެރިކަމާއި ގުޅޭ

mas

އިންކަމް ސަޕޯޓު އެލަވަންސް 1854 މަސްވަރިއަކަށް, 39.3 މިލިއަން ރުފިޔާ

ކޮވިޑްގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރުކުރި މަސްވެރިންނަށް 39.3 މިލިއަން ރުފިޔާ ސަރުކާރުން ދީފިއެވެ.

މި ފައިސާ ދީފައިވަނީ ސަރުކާރުން އެކުލަވާލި އިންކަމް ސަޕޯޓް އެލަވަންސް ސްކީމްގެ ދަށުންނެވެ. އެގޮތުން ޖުމްލަ 1،854 މަސްވެރިއަކަށް 39.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

އެހީތެރިކަން ފޯރުކޮށްދީފައިވާގޮތުގެ ތަފްސީލަށް ބަލާލާއިރު، ކަޅުބިލަމަސް އަދި ކަންނެލީގެ މަސްވެރިކަން ކުރާ 98 ފަރާތަކަށް 1.2 މިލިއަން ރުފިޔާ ދީފައިވެއެވެ. ފަރުމަހުގެ މަސްވެރިކަން ކުރާ 1،394 މީހަކަށް 30 މިލިއަން ރުފިޔާ އަދި ހުއިފި ލަނޑާ އާއި އިހީގެ މަސްވެރިކަންކުރާ 369 މީހަކަށް 8 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

މީގެ އިތުރުން ބޮޑު ކަންނެލި މަސް ގަންނަ 5 ކުންފުންޏަކަށް 55.4 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!