މަސްވެރިކަމާއި ގުޅޭ

9A8853D9-DC56-4CBB-B233-8ADF1EB375C3

ހޮރައިޒަން އިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފި

މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން މަސްވެރިންނަށް އެކުންފުނިން ޑީސަލް ލިޓަރެއް ވިއްކާނީ 11 ރުފިޔާ 50 ލާރިއަށް ކަމަށެވެ. ކުރިން މަސްވެރިންނަށް ޑީސަލް ވިއްކީ 10 ރުފިޔާ 59 ލާރިއަށެވެ.

މަސްވެރިން ނޫން ފަރާތްތަކަށް ޑީސަލް ލީޓަރެއް އެކުންފުނިން ވިއްކާނީ ކުރިންވެސް ވިއްކަމުން އައި އަގުކަމުގައިވާ 15 ރުފިޔާ 90 ލާރިއަށެވެ.

ފާއިތުވި ދެ މަސް ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގު އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިހާރު ދުނިޔޭގެ ތެލުގެ އަގު ހުރީ ފާއިތުވި 7 އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައެވެ. މިއާ އެކު ތެޔޮ ގަންނަން ލިބޭ އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

މާންދޫއިން ތެޔޮ ވިއްކާ އަގު ބޮޑު ކޮށްފައިވާއިރު، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގުވެސް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ ލީޓަރެއް 11 ރުފިޔާ 16 ލާރި އަށް އަދި ޑީސަލް ލީޓަރެއް 11 ރުފިޔާ 84 ލާރިއަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!