މަސްވެރިކަމާއި ގުޅޭ

150534615_460258198673478_2605911057740298569_o

ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކުރުމަށް ފިޝަރީޒް ރޭންޖަރުން އެހީތެރިވެދޭނެ، މިއޮތީ ގުޅަންވީ ނަމްބަރުތައް!

ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އަތޮޅުތެރޭގައި ހަރަކާތްތެރިވާ ފިޝަރީޒް ރޭންޖަރުން، ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކުރުމަށް ރެޖިސްޓަރކުރުމުގައި އަދި އުޅަނދުގައި ޑިވައިސް ހަރުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ނެރެފައިވާ ސާރކިއުލާއެއްގައި ބުނެފައިވަނީ  ރަށްރަށުގައި ހަރަކާތްތެރިވާ މަސްވެރި އުޅަނދުފަހަރާއި ގުޅޭގޮތުން ފިޝަރީޒް ރޭންޖަރުން ބޭނުންވާ މަޢުލޫމާތުތައް ކައުންސިލް އިދާރާ މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އެދޭ ކަމަށެވެ.  އަދި ފިޝަރީޒް ރޭންޖަރުން  ކައުންސިލްތަކާއި ޙިއްސާކުރާ މަޢުލޫމާތުތައް މަސްވެރި އުޅަނދު އޮޕަރޭޓްކުރާ ފަރާތްތަކަށް ފޯރުކޮށްދިނުކަމަށްވެސް އެދޭ ކަމަށެވެ.

މިމިނިސްޓްރީން ލައިސަންސް ލިބިގެން ކަނޑުމަހުގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރު ސަޓެލައިޓް ސިގްނަލް މެދުވެރިކޮށް ޓްރެކްކުރުމަށް އުޅަނދުގައި ވެސަލް ޓްރިކިންގް ސިސްޓަމް ހަރުކުރުމަށް ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްގެ 2020 ވަނަ އަހަރުން ފެށިގެން ދަނީ ކުރިއަށް ގެންދަމުންނެވެ.

މިޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ދޮށީގެ މަސްވެރިކަމާއި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ
އުޅަނދުފަހަރާއި އެއުޅަނދުފަހަރުގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ސަލާމާތާއި ރައްކާތެރިކަން އިތުރުކޮށް ބައިނަލްއަޤްވާމީ
މިންގަޑުތަކުގެ މަތިން މަސްވެރިކަމުގެ ހަރަކާތްތައް މޮނިޓަރކޮށް ބެލެހެއްޓުން ހަރުދަނާކުރުން ކަަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ކޮވިޑް 19 ގެ ސަބަބުން އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގައި ހުރި ދަތިތަކާއެކު މިޕްރޮގްރާމްގެ މަސައްކަތަށް މަޑުޖެހުމެއް
އައިނަމަވެސް، ދަތުރު ފަތުރުކުރުމުގައި މިހާރު ލިބިފައިވާ ލުއިތަކާއެކު ރަށްރަށުގެ ބަނދަރުތަކުން ވެސަލް ލޮކޭޓިންގް ޑިވައިސް
ހަރުކުރެވޭނެ އިންތިޒާމް މިމިނިސްޓްރީއާއި އޫރީދޫއިން ގުޅިގެން ދަނީ ހަމަޖައްސަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!